އަޤްޞާ މިސްކިތުގައި ކުރެވުނު ޢީދުނަމާދުގައި ބައިވެރިވެވުނީ 60،000 ހެއެއްހާ މީހުންނަށް

Fri, 12 Apr 2024 11:29 PM

View on this article on Naares

އަޤްޞާ މިސްކިތުގައި ކުރެވުނު ޢީދުނަމާދުގައި ބައިވެރިވެވުނީ 60،000 ހެއެއްހާ މީހުންނަށް

ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި ކުރެވުނު ބަރަކާތްތެރި ފިޠުރު ޢީދު ނަމާދުގައި ބައިވެރި ވެވިފައިވަނީ 60,000 އެއްހާ މީހުންނަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.



މިއީ, އެހެން އަހަރުތަކާ އަޅައިބަލާއިރު މަދު ޢަދަދެކެވެ. އެހެން އަހަރުތަކުގައި އަޤްޞާގައި ކުރާ ޢީދު ނަމާދުގެ ޖަމާޢަތުގައި 100,000އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.
މިއަހަރު އަދަދު މަދުވެފައިވަނީ އިސްރާއީލްގެ ސިޙްޔޫނީން މުސްލިމުންނަށް ހުރަސްއެޅުމުގެ ސަބަބުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ސިޙުޔޫނީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ އެކު, ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޔަހޫދީ ފައުޖުން ވަނީ ހުޅަނގު އައްސޭރި އަދި ޚާއްޞަކޮށް ބައިތުލްމަޤްދިސްގައި ދިރިއުޅޭ މުސްލިމުންނަށް ދުއްތުރާކޮށް, ފިއްތުންތައް ކުރިމަތި ކުރުން އިތުރު ކޮށްފައެވެ. މި ގޮތުން, އަޤްޞާގައި ކުރާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދަނީ މުސްލިމުންނަށް ހުރަސް އަޅަމުންނެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިން ސިޙުޔޫނީ ފައުޖުން ވަނީ އަޤްޞާ މިސްކިތުގެ މައި ތިން ދޮރާއްޓެއްގައި ބެރިކޭޑު ޖަަހައި ބަންދުކޮށްފައެވެ. އަދި, މިސްކިތަށް ވަނުމުގެ ފުރުޞަތު ދެނީ މަދު ޢަދަދެއްގެ ބަޔަކަށެވެ. ފިޠުރު ޢީދު ނަމާދާ ދިމާކޮށް ވެސް ޔަހޫދީ ފައުޖުގެ ސިފައިން ވަނީ މުސްލިމުންނަށް ހުރަސް އަޅާފައެވެ. އަދި, މިސްކިތަށް ޖަމާވި ގިނަ ޢަދަދެއްގެ ބަޔަކު ހުއްޓުވާފައެވެ.

އަޤްޞާގައި މިއަދު ބޭއްވި ކުރެވުނު ޢީދު ނަމާދުގެ ޚުޠުބާގައި, އަލް-އަޤްޞާއަށް ޚިޔާނަތްތެރިވި މީހުންނާއި, ފަލަސްޠީނުުގެ މުސްލިމުން އަތުވެތިކޮށްގެން އުޅޭ ޔަހޫދީންގެ ކިބައިން ސަލާމަތް ކުރެއްވުމަށް އެދި ދުޢާ ދެންނެވިއެވެ. އަދި, މުސްލިމުންގެ މައްޗަށް އިސްތިޢުމާރީ ބާރު ހިންގަމުންދާ ޔަހޫދީންގެ ޖައްބާރު ކަމުން ސަލާމަތް ކުރައްވައި, މުސްލިމުންނަށް ނަޞްރު ދެއްވުމަށް އެދި ދުޢާ ދެންނެވިއެވެ. އަދި, އަޤްޞާ ހިމާޔަތް ކުރުމުގައި ދެމިތިބުމުގެ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.



More from Naares