ދެވަނަބުރުގެ ކަންކަންރޭވުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ބައްދަލުވުމަކަށް

Sun, 10 Sep 2023 08:47 AM

View on this article on Naares

ދެވަނަބުރުގެ ކަންކަންރޭވުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ބައްދަލުވުމަކަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށް ދާނީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ މަޝްވަރާގެ މަތީން ކަމަށާއި، މިއަދު ލީޑާޝިޕްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފައިވާކަމަށް ޕީޕީއެމްގެ/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މައްޗަށް ހޯދި ބޮޑު ކާމިޔާބީއަށް ފަހު އިންތިޚާބުގެ ދެވަނަ ބުރަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރަކަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ފދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއިދާއިއެކު ސާފު އައުލަބިއްޔަތަކުން މިއިންތިޚާބު ކާމިޔާބު ވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުން ރައީސް ޔާމީންގެ ލަފާފުޅަކަށް އެދޭނެކަމަށެވެ. މާދަމާ ރައީސް ޔާމީންގެ ލަފާފުޅަށް އެދި ޕާޓީގެ ލީޑަރޝިޕްގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މުއިއްޒު ވަނީ އިންތިޚާބުގައި މިހާތަނަށް ލިބުނު ކާމިޔާބީގައި ދިވެހި ރައްޔިތުން ދެއްވި ތާއީދާއި ކުރެއްވި އިތުބަރަށް ފަށް ފަށުން ޝުކުރު އަދާ ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މިއީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް. ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ތާއިދާއިއެކު ބޮޑު ކާމިޔާބެއް ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން.

– މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އެންމެ ބޮޑު ދައުރެއް އަދާކުރައްވާނެ ބޭފުޅަކީ ރައީސް ނަޝީދުފެ ޑިމޮކްރެޓްސްއެވެ. އަދި އުމަރު ނަސީރާއި، ޑރ. މުއިއްޒާއި، ނާޒިމް އަދި ފާރިސްގެ ތާއީދުވެސް ދެވަނަ ބުރުގައި ކޮންމެ ކެންޑިޑޭޓަކަށްވެސް މުހިންމު ވާނެއެވެ.



More from Naares