ވާދަވެރި ކެމްޕޭނަކަށްފަހު ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން ފަށައިފި

Sat, 09 Sep 2023 09:22 AM

View on this article on Naares

ވާދަވެރި ކެމްޕޭނަކަށްފަހު ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން ފަށައިފި


ވާދަވެރި ކުލަގަދަ ކެމްޕޭނަކަށްފަހު ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން ފަށައިފިއެވެ.



މިއަދު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ހެނދުނު 7:00 ގައި އޮފިޝަލުން ތިބޭނެ ކަމަށާއި ވޯޓު ލާ ގަޑީގެ 30 މިނެޓު ކުރިން ކިޔު ހެދޭނެ ކަމަށެވެ.

އެގޮތުން އިނގިރޭސިވިލާތުގައި ބަހައްޓާފައިވާ ވޯޓު ފޮށި ފިޔަވައި، ދެން ހުރިހާ ފޮއްޓެއްގެ ވޯޓު ލުން ވެސް މިއަދު ހެނދުނު 8:00 ގައި ފެށޭނެ ކަމަށާއި ވީހާ ވެސް އަވަހަކަށް ވޯޓު ލާން ދިއުމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ އެދިފައެވެ.

އިންތިހާބުގައި ވޯޓު ލާން ދާއިރު، ބޭނުން ކުރެވޭނެ ލިޔުންތަކުގެ ތެރޭގައި މުއްދަތު ހަމަ ނުވާ އައިޑީ ކާޑާއި މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ އިތުރުން މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑާއި މުއްދަތު ހަމަނުވާ އެއްގަމު އުޅަނދު ދުއްވާ ލައިސަންސް ބޭނުން ކުރެވޭނެ ކަމަށް އީސީން ހާމަކުރެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ބައިވެރިވާއިރު އިންތިހާބުގައި 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބެ އެވެ.



More from Naares