ލަމްހާ އެދުނީ ޝަރުތުކޮށްފަ ނަމަވެސް ދޫކޮށްލުމަށް!

Thu, 25 May 2023 11:13 AM

View on this article on Naares

ލަމްހާ އެދުނީ ޝަރުތުކޮށްފަ ނަމަވެސް ދޫކޮށްލުމަށް!



މޭރީގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަމްހާގެ އުމުރުގެ ހަގުކަމާއި ނަފްސާނީ ހާލަތު ތަން ނުދޭތީ ގޮތް ބަލާލަން 100 ދުވަހުގެ މުއްދަތަކަށް ބަންދުން ދޫކޮށްލަދިނުމަށް އޭނާގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ލަމްހާ އަކީ އޭނާ އާއި ބެހޭގޮތުން މުޖުތަމައުގައި ވަރަށް ގިނަ ގޮތްގޮތަށް ވާހަކަދެއްކޭ، ގޯސް ރެޕިއުޓޭޝަނެއް އޮތް މީހަކަށްވާއިރު އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުއަށް ނިކުތުމަށް ލަދުވެތިވާނެތީ އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ލަމްހާގެ ވަކީލު މިއަދު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުން ބުނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރި ސަބަބަށް ބަދަލެއް ނާން ކަމަށާއި، ލަމްހާގެ ބަންދު ދަމަހައްޓަން ޖެހޭ ކަމަށެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ ފިރިމީހާ ބުންޏަސް، ދަންޖެހޭ މީހެއްގެ ހަށިގަނޑުން ފެންނާނެ ފަދަ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުން ނުފެންނަ ކަމަށް، މޭރީ އައިޖީއެމްއެޗުގެ އިމަޖެންސީއަށް ގެންދިއުމުން އޭނާ ބެއްލެވި ޑޮކްޓަރާއި ނަރުސް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ހެކިބަސް ދީފައެވެ.

އެ ހެކިވެރިޔާ ބުނިގޮތުގައި މާވިން އާއި ލަމްހާއާ ދެމެދު ގުޅުމެއް އޮތްކަން މޭރީ އަށް އެނގުނީ މާވިންގެ ފޯނު ބެލުމުން ކަމަށް މޭރީ ބުނެފައިވެ އެވެ. އަދި އެ ދެ މީހުން ދައްކާފައިވާ ވާހަކަތަކުގެ ފޮޓޯތަކެއް ވެސް މޭރީ އޭނާއަށް ދެއްކި ކަމަށް ހެކިވެރިޔާ ބުންޏެވެ.

މި މައްސަލާގައި މިއަދު އޮތީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ތެރެއިން ބައެއް ހެކިވެރިންގެ ހެކިބަސް ނެގުމެވެ. ހަތަރު ފަރާތެއްގެ ހެކިބަސް ނަގަން ތާވަލުކޮށްފައި އޮތް ނަމަވެސް، މިއަދު ކޯޓަށް ހާޒިރުވީ ތިން ހެކިވެރިންނެވެ.

މިއަދު ހެކިބަސް ނެގީ މޭރީއާ އެކު އައިޖީއެމްއެޗުގެ ޑައިލަސިސް ޑިޕާޓުމަންޓުގައި މަސައްކަތްކުރި ނަރުހަކާއި އައިޖީއެމްއެޗުގެ އިމަޖެންސީ ޑިޕާޓުމަންޓުގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ އިތުރުން ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ އޮފިސަރުގެ އެވެ.

އަދު ކޯޓުގައި ހެކިބަސް ނެގި މީހުންގެ ތެރޭގައި ހިމެނޭ ނަރުހަކީ މޭރީގެ ގާތް ރަށްޓެއްސެއް ވެސްމެ އެވެ. އެގޮތުން، އޭނާ ވަނީ އެ ހާދިސާ ހިނގުމުގެ ކުރިންނާއި އެކަން ހިނގި ދުވަހު އަދި މޭރީގެ މަރު ޑިކްލިއޭކުރުމާ ހަަމައަށް އޭނާއަށް އެނގޭ މައުލޫމާތުތައް ވެސް ކޯޓުގައި ހިއްސާކޮށްފަ އެވެ.

މޭރީގެ މޫނު އޭރު ވަރަށް ބޮޑަށް ރަތްވެފައި އޭރު ހުރުމުން އޭނާގެ ކަރުން މަތީގައި ލޭ ދައުރުވުން ހުއްޓިފައިވާ ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ބުންޏެވެ. އެކަމަކު ކަރުގައި ނިޝާންތަކެއް ފެންނަން ނެތް ކަމަށް ޑޮކްޓަރު ވެސް ބުންޏެވެ.

ތިން ވަނައަށް ހެކިބަސް ދިނީ ލަމްހާ އުޅުނު ކޮޓަރި ފާސްކުރަން ދިޔަ ފުލުހެކެވެ. އޭނާ ބުނިގޮތުގައި އެ ކޮޓަރިން ސިރިންޖާއި ލެޕްޓޮޕާއި އެ ނޫން ވެސް ބައެއް ތަކެތި ފުލުހުން ނެގި އެވެ. އެކަމަކު އޭނާގެ ދައުރަކީ އެ ތަނުގެ މަންޒަރުތައް ފޮޓޯ ނަގަމުން ދިއުން ކަމަށް ބުންޏެވެ.



More from Naares