ފުވައްމުލަކު އުތުރަށް ވާދަކުރާ ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކޮށްފި

Wed, 17 Apr 2024 06:20 PM

View on this article on Muraasilu

ފުވައްމުލަކު އުތުރަށް ވާދަކުރާ ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު، މުޙައްމަދު ޝަރަފުއްދީނަށް އެމްޑީޕީން ތާއީދުކޮށްފިއެވެ. އަމިއްލަ ގޮތުން ވާދަކުރާ ޝަރަފުއްދީން ވާދަކުރަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެސް ތާއިދާއެކުގައެވެ.



އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީން ވާދަނުކުރާ ދާއިރާއެއްކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ މުޙައްމަދު ޝަރަފުއްދީނަށް އެ ޕާޓީން ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުންނާއި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން މުޙައްމަދު ޝަރަފުއްދީނަށް ތާއީދުކޮށް ވޯޓުދިނުމަށް ވެސް އެ ޕާޓީން ވަނީ އެދިފައެވެ.

ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޝަރަފުއްދީންގެ އިތުރުން ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ހަމްދު އަބްދުﷲއެވެ.

މީގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓު ނަޒޫ ނަސީމަށް ވެސް ރައީސް ޔާމީންގެ ޕީއެންއެފް ގެ އިސްވެރިން އަންނަނީ ތާއިދުއޮތްކަން ހާމަކުރަމުންނެވެ.



More from Muraasilu