އަޅުގަނޑުކައިރީ އަދުރޭ ވިދާޅުވީ ފައިސަލް ބޮނީއޭ ބަހެއް ނާހައޭ – ކުރީގެ ޕޮލިސް ކޮމިޝަނަރު

Mon, 15 Apr 2024 10:09 PM

View on this article on Muraasilu

އަޅުގަނޑުކައިރީ އަދުރޭ ވިދާޅުވީ ފައިސަލް ބޮނީއޭ ބަހެއް ނާހައޭ – ކުރީގެ ޕޮލިސް ކޮމިޝަނަރު

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސް ވަޒީރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމު އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދު ވާހަކަ ދައްކައިފިއެވެ. އަލަށް އުފެއްދި ޕީއެންއެފްގެ ސިލްސިލާ ޖަލްސާގައި ހުސެން ވިދާޅުވީ އެބޭފުޅާއަކީ ކާކުކަމާއި ކޮން ކަހަލަ ކަމެއްކުރާ މީހެއް ކަމަށް އަބްދުއްރަހީމު ވިދާޅުވެފައިވާތިވެ އެކަން ކުރުކޮށް ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.



މި ގޮތުން އަބްދުއްރަހީމު އަމިއްލަފުޅަށް ހުސެއިން އަރިހުގައި ފައިސަލުގެ ވާހަކަވަނީ ދައްކާފައެވެ. މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ އަދި އަބްދުއްރަހީމުގެ ބޭފުޅެއް ކަމަށްވާ ފައިސަލަށް ނިސްބަތްކޮށް އަބްދުއްރަހީމު އެ ދުވަހު ރޮއި އާދޭސްކޮށް ބުނެފައިވަނީ ފައިސަލަށް ނަސޭހަތްދީ އިސްލާހުކުރުމަށް މަސައްކަތްކޮށްދެއްވުމަށެވެ.

އެ ވާހަކައިގެ ކުރު ތަފްސީލެއް ދެމުން ހުސެން ވިދާޅުވީ ”އަޅުގަނޑު ގާތުގަ ރޮއިފަ ބުނީ ހުސެން އޭ ފައިސަލަށް ނަސޭހަތްދީ ބަލާށޭ، ހަމައެއްގޮތަކަށްވެސް ރަނގަޅެއް ނުވިއޭ، ބަސްނާހައޭ އުޅެނީ، ބޮނީއޭ ހުރިހާ އެއްޗެއް ބޮނީއޭ ނަސޭހަތް ދޭށޭ، ނަސޭހަތް ދޭށޭ އަޅުގަނޑު ކައިރި ބުނީ“ ކުރިން ވަރަށް އެކުގައި އުޅުނު އަބްދުއްރަހީމު ދެއްކެވި ކަމަށް ހުސެން ވިދާޅުވިއެވެ. އަބްދުއްރަހީމު އިތުރަށް އެ ވާހަކަ ދައްކަވަމުން، ފައިސަލަކީ ހުސެންއާއި އެކު ސިފައިންގޭގައި އުޅުނު ކުއްޖަކަށްވާތީ، ނަސޭހަތްދިނުމަށް އެދުނު ކަމަށެވެ. ހުސެންވެސް ޖަވާބުގައި އެކަން ބަލައިދޭނެ (ކޮށްދޭނެ ކަމަށް) ބުނެފައިވާނެ ކަމަށެވެ. ނަމަވެސް ހުސެއިން ވިދާޅުވީ ފައިސަލަށް އެގޮތަށް ވާހަކަ ދެއްކޭ ގޮތަށް ދިމާނުވާކަމަށެވެ.

މީގެ ކުރިން އެކުގައި ވަރަށް ގާތްކޮށް ސިޔާސީ މަސައްކަތްކުރެއްވި އަބްދުއްރަހީމަށް ރައްދު ދެމުން ހުސެން ވަހީދު ވަނީ އިތުރަށްވެސް ވަރަށް ގިނަ ވާހަކަތަކެއް ރައްޔިތުންނާ ހިއްސާކުރަން ތައްޔާރަށް ހުރި ކަމަށާއި ’ދުލުގައި ހިފާ ދަމާ ވަރަކަށް‘ އިތުރު ކަންކަމުގެ ވާހަކަ ދައްކާނެ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އެންމެ އިތުބާރުކުރައްވާ އަދި ރޯލް މޮޑެލެއްކަމަށް ވިދާޅުވި އަބްދުއްރަހީމާއި އަދި އެމަނިކުފާނާއި އެކު ސަރުކާރުގައި މަސައްކަތްކުރައްވާ މިނިސްޓަރުން ގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒު ކުރަނީ ޑރ.ޖަމީލު އަދި ހުސެއިން ވަހީދަށެވެ. މި ދެ ބޭފުޅުންނަކީ ކުރީގެ ރައީސް ޔާމީންއާއި އެކު ޕީއެފްގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ދެ ބޭފުޅުންނެވެ.



More from Muraasilu