ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޑިއުޓީ މަޢާފުކުރުމުގެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެއްޖެ

Tue, 22 Oct 2024 01:17 PM

View on this article on Minivan

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޑިއުޓީ މަޢާފުކުރުމުގެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެއްޖެ

ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ގެއްލިގެންދާތީ، ކަސްޓަމްސްއިން ގެންގުޅޭ ޑިއުޓީ މަޢާފުކުރުމުގެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން (ފޮޓޯ) ވިދާޅުވެއްޖެ އެވެ.



މިނިސްޓަރު ވިދާޅުވީ ޑިއުޓީގެ ގޮތުގައި ޑިއުޓީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ނަގާއިރު އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ މައާފުކުރާ ކަމަށެވެ.

"ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަން މި ތަފާސްހިސާބުން އެނގިގެން ގޮސްފި،" މިނިސްޓަރު ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ އެކަން ކުރާނީ ދައުލަތަށް ފައިދާވާނެ އަދި  ވިޔަފާރިތަކަށް ބުރަނުވާނެހެންނެވެ.

ރާއްޖެއަށް އިމްޕޯޓުކުރާ ބައެއް މުދަލުން ކަސްޓަމްސް އިން ޑިއުޓީ މައާފްކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ގެއްލުންވާތީ އެ އުސޫލު މުރާޖައާކުރަންޖެހޭ ކަމަށް ގައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމަށް ކަސްޓަމްސްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީން 50 ޕަސަންޓް އިސްތިސްނާވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ގެއްލުންވާ ކަމަށެވެ.

 

 

 

 

The post ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޑިއުޓީ މަޢާފުކުރުމުގެ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެއްޖެ first appeared on Minivan.



More from Minivan