ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ފަށައިފި

Tue, 22 Oct 2024 11:55 AM

View on this article on Minivan

ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ ފަތުރުވެރިކަމާ ބެހޭ މަހާސިންތާ 2024 މިއަދު ފައްޓައިފިއެވެ.

މި މަހާސިންތާ ކުރިޔަށްދަނީ ކްރޮސްރޯޑްސްގައެވެ.



ކްރޮސްރޯޑްސްގައި ކުރިޔަށްދާ މި މަހާސިންތާގައި ފަތުރުވެރިކަމާ ބެހޭ އެކި ދާއިރާތަކުން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. 

މީގެ ތެރޭގައި ރިސޯޓްތަކާއި ގެސްޓްހައުސް، ލިވަރބޯޑް އަދި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޓްރެވަލް އެޖެންޓުން އަދި ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ހިމެނޭ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެފައިވެއެެވެ.

މި މަހާސިންތާގައި ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ޝިއުރީ އިބްރާހިމްގެ އިތުރުން އެމްއެމްޕީއާރްސީގެ ޗެއަރްޕާޝަން އަބްދުގިޔާސް ބައިވެރިވެވަޑައިގަންނަވައެވެ.


އެމްއެމްޕީއާރްސީ އިން ބުނީ، މި މަހާސިންތާގައި ފަތުރުވެރިކަމަށް އައު ސެގްމަންޓްތައް ތައާރަފު ކުރުމަށް މަޝްވަރާ ކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަމަށާއި، މީގެ އިތުރުން ޕެނަލް
ޑިސްކަޝަން އަކާއި ގްރޫޕް ޑިސްކަޝަންތައްވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީ އިން ބުނެފައިވާ ގޮތުގައި މި މަހާސިންތާގެ މަގުސަދަކީ، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދާއިރާގެ ފަރާތްތަކާއި މަޝްވަރާކޮށް، އާ ހިޔާލުތަކާއި ވިސްނުންތައް ދެނެގަތުމަށް ކަމަށެެވެ. 

The post ފަތުރުވެރިކަމާ ބެހޭ މަހާސިންތާ ފަށައިފި first appeared on Minivan.



More from Minivan