އަނެއްކާވެސް ޓޫރިސްޓަކު ގެނބިގެން މަރު

Mon, 21 Oct 2024 03:20 PM

View on this article on Minivan

އަނެއްކާވެސް ޓޫރިސްޓަކު ގެނބިގެން މަރު

ވ. އަތޮޅުގައި ހިންގަމުން އަންނަ ސިނަމަން ވެލިފުށި މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.



ގެނބިގެން މިއަދު މަރުވީ ބެލަރޫސްގެ 64 އަހަރުގެ އަންހެނެކެވެ.

އެނގިފައިވާ ގޮތުގައި، އެ މީހާއަކީ ދިހަ ވަރަކަށް މީހުންނާ އެކު އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު މީހެކެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެހެން ދެ ރަށެއްގައި ޗުއްޓީ ހޭދަކުރަމުން އައި ދެ ޓޫރިސްޓަކު ވެސް މި މަހު ވަނީ ގެނބިގެން މަރުވެފަ އެވެ. އެއީ ޗައިނާގެ ދެ ޓޫރިސްޓުންނެވެ.

The post އަނެއްކާވެސް ޓޫރިސްޓަކު ގެނބިގެން މަރު first appeared on Minivan.



More from Minivan