ރައީސުލްޖުމްހޫރިއްޔާ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Fri, 26 Jul 2024 09:31 AM

View on this article on Minivan

ރައީސުލްޖުމްހޫރިއްޔާ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ.



އެމަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރައްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ.

މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަންދުވަހެވެ.

The post ރައީސުލްޖުމްހޫރިއްޔާ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި first appeared on Minivan.



More from Minivan