މުވައްޒަފު ސަލާން ގޮވި އަޑު އިވުމުންވެސް ބޮސް ސަލާމުގެ ޖަވާބު ނުދީ ހުރުމުން ބަދަލުދޭންޖެހިއްޖެ

Fri, 18 Oct 2024 09:10 AM

View on this article on Minivan

މުވައްޒަފު ސަލާން ގޮވި އަޑު އިވުމުންވެސް ބޮސް ސަލާމުގެ ޖަވާބު ނުދީ ހުރުމުން ބަދަލުދޭންޖެހިއްޖެ

މުވައްޒަފު ސަލާން ގޮވި އަޑު އިވުމުންވެސް ބޮސް ސަލާމުގެ ޖަވާބު ނުދީ ހުރުމުން އެކަމުގެ ސަބުބުން ވަޒީފާގައި އުޅުމަށް ދަތިވާތީ ވަޒީފާއިން ވަކިވާންޖެހުމުގެ ސަބަބުން ބަދަލުދޭންޖެހިއްޖެއެވެ.



އިނގިރޭސިވިލާތުގެ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް، މުވައްޒަފަކު  އޭނާގެ ބޮސް އަށް 3 ފަހަރު ސަލާން ގޮވުމުންވެސް ސަލާމުގެ ޖަވާބު ނުދިނުމުން އަކަމުގެ ސަބަބުން ވަޒީފާއުން ވަކިވާން މަޖުބޫރުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން މުވައްޒަފު ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުމުން އެ މުވައްޒަފަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ހުކުމް ކޮށްފިއެވެ.

ނަދީން ހޭންސަން ކިޔާ މުވައްޒަފަކު އޭނާގެ ބޮސް އެންޑްރޫ ގިލްކްރިސްޓް ގެ މައްޗަށް އިނގިރޭސިވިލާތުގެ ލީޑްސްގެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މ،ައްސަލަ އާއި ގުޅިގެން ބޮސް އެންޑްރޫ ގިލްކްރިސްޓް ބުނެފައިވަނީ އޭނާ ނަދީންގެ ސަލާމަށް ޖަވާބު ނުދިނީ ވަޒީފާއަށް ފަރުވާކުޑަކޮށް އެދުވަހު ގަޑިޖެހިގެން އޮފީހަށް ލަހުން އައުމުން ކަމަށެވެ، ނަމަވެސް އެ ވާހަކަތަކާ ގުޅިގެން ނަދީން ބުނެފައިވަނީ އޭނާ އެދުވަހު އޮފީހަށް އައުން ލަސްވީ ޑޮކްޓަރ އެޕޮއިންޓްމަންޓެއް އޮތުމުންކަމަށާއި އެކަމާގުޅޭ ލިޔުންތައްވެސް ބޮސް އަށް ދެއްކި ކަމަށާއި އަދި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އެކަން އިނގޭނެ ކަމަށެވެ.

އެހެންކަމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ގެ ފަނޑިޔާރު ސާރާ ޑޭވިސް މައްސަލަ ބެލުމަށްފަހު ވިދާޅުވީ ނަދީން އަތުގައި މެޑިކަލް އެޕޮއިންޓްމަންޓެއް އޮތްކަން އިނގޭ ކަމަށާއި، ބޮސް އެންޑްރޫ ގިލްކްރިސްޓް ގެ އަމަލަކީ ބޭއިންސާފު އަމަލެއް ކަމަށާއި އެކަމުގެ ސަބަބުން މުވައްޒަފާއި ވަޒީފާ ދޭ ފަރާތާއި ދެމެދު އޮންނަ އިތުބާރު ގެއްލޭނެ ކަމަށެވެ.

The post މުވައްޒަފު ސަލާން ގޮވި އަޑު އިވުމުންވެސް ބޮސް ސަލާމުގެ ޖަވާބު ނުދީ ހުރުމުން ބަދަލުދޭންޖެހިއްޖެ first appeared on Minivan.



More from Minivan