ތިން ގައުމަކަށް ސަފީރުން މިއަދު އައްޔަނުކުރައްވައިފި

Wed, 03 Jul 2024 02:35 PM

View on this article on Minivan

ތިން ގައުމަކަށް ސަފީރުން މިއަދު އައްޔަނުކުރައްވައިފި

ރައީސް. ޑރ. މުހައްމަދު މުއިއްޒު ތިން ގައުމަކަށް ސަފީރުން މިއަދު އައްޔަނުކުރައްވައިފި އެވެ.



ސަފީރުންގެ ގޮތުގައި ރައީސް މިއަދު އައްޔަނުކުރެއްވި ބޭފުޅުންނަކީ:

  1. ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ކަމަށް ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު
  2. ތުރުކީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް
  3. ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ނ. ހޮޅުދޫ އުފަންވެލި މުހައްމަދު ތޯހާ

މި ބޭފުޅުން މަގާމަށް އައްޔަނުކުރެއްވުމަށްފަހު ރައީސް ވަނީ ރައީސް އޮފީހުގައި އެބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ. މި ތިން ބޭފުޅުންވެސް ސަފީރުކަމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.

މިދިޔަ ހޯމަ ދުވަހު ރާއްޖަށް ކަނޑައަޅާފައިވާ ހަ ގައުމެއްގެ ސަފީރުން ވަނީ ރައީސަށް މަގާމުގެ ފަތްކޮޅު އަރުވާފަ އެވެ.

The post ތިން ގައުމަކަށް ސަފީރުން މިއަދު އައްޔަނުކުރައްވައިފި first appeared on Minivan.



More from Minivan