ފަލަސްތީނުގެ ނަން ދޭންވާނީ ބޮޑުމަގަކަށް: ރައީސް މައުމޫން

Fri, 24 May 2024 06:22 PM

View on this article on Minivan

ފަލަސްތީނުގެ ނަން ދޭންވާނީ ބޮޑުމަގަކަށް: ރައީސް މައުމޫން



ފަލަސްތީނުގެ ނަން މާލޭގެ މަގަކަށް ދެންޏާމު ދޭންޖެހޭނީ ބޮޑު މަގަކަށް ކަމަށް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެންމެފަހުން ބޭއްވި މާލެސިޓީ ކައުންސިލް ޖަލްސާގައި ވަނީ މާލޭގައި ނަން ނުކިޔާ އޮތް ތިން މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިކަން ޖަލްސާއަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމެވެ. މޭޔަރުގެ ހުށަހެޅުމަށް ކައުންސިލްގެ މެމްބަރުން ވަނީ ރުހުންދީފައެވެ.

މިކަމާއި ގުޅޭގޮތުން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލެސިޓީގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދިނުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މިގޮތުން ފަލަސްތީނުގެ ނަން ކިޔަންޏާމު ކިޔަންވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމުގައި ވެސް ގަބޫލުކުރައްވާކަމަށް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

https://x.com/maumoonagayoom/status/1793971254279762312

ރައީސް މައުމޫނަކީ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ޔާސިރު އަރަފާތު ވަނީ ރާއްޖެއަށްވެސް ޒިޔާރަތްކުރައްވާފައެވެ.


More from Minivan