މަދްރަސީ މަރުހަލާއަކީ އެ މަރުހަލާ ނިމި ފާއިތުވެއްޖެނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއްނޫން: ހުތުބާ

Fri, 24 May 2024 01:21 PM

View on this article on Minivan

މަދްރަސީ މަރުހަލާއަކީ އެ މަރުހަލާ ނިމި ފާއިތުވެއްޖެނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއްނޫން: ހުތުބާ

މަދްރަސީ މަރުހަލާއަކީ އެ މަރުހަލާ ނިމި ފާއިތުވެއްޖެނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއްނޫން ކަމަށާއި، އެ މަރުހަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.



ކުރިއަށްއޮތީ ދިރާސީ އައި އަހަރުގެ ކިޔެވުން ފެށޭ ދުވަސްވަރުކަމުން މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ އެކަމުގެ މުހިއްމު ކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނީ އިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ އެކަލާނގެ އެންގެވިގޮތަށް އަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިހުތިރާމްކޮށް އިލްމު ހޯދުމަށް ގަދައަޅައި މަސައްކަތްކޮށްގެންކަން ދަންނަން ޖެހޭނެ ކަމަށެވެ. މިގޮތުން މަދުރަސީ މަރުހަލާއަކީ އެ މަރުހަލާއެއް ނިމި ފާއިތުވެއްޖެ ނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއް ނޫންކަންވެސް ދަންނަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އެ މަރުހަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުކުރު ހުތުބާގައި ބުނީ، އުނގެނުމާއި އިލްމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ހުތުބާގައި ބުނީ، އިލްމަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި، އިލްމުގެ ތެރޭގައި ދުނިޔެ އާރާސްތުކުރުމަށް ބޭނުންވާ އިލްމާއި އާހިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ އިލްމު ހިމެނޭ ކަމަށެވެ.

އިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި އިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ އިލްމު ކަމަށާއި، އިލްމުގެ އަހުލުވެރިންގެ ދަރަޖަ މާތް ﷲ މަތިވެރިކުރައްވާފައެވެ.

އިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުން ވާރުތަކުރެއްވީ އިލްމެވެ. ދުނިޔަވީ އެއްވެސް މައްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ ދަރިވަރުން ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ތައުލީމް ހާސިލްކުރުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފައެވެ.

 

The post މަދްރަސީ މަރުހަލާއަކީ އެ މަރުހަލާ ނިމި ފާއިތުވެއްޖެނަމަ ދެން އަލުން ލިބޭނެ މަރުހަލާއެއްނޫން: ހުތުބާ first appeared on Minivan.



More from Minivan