ރައީސް މުއިއްޒު މާދަމާ ބާބުޑާ އަށް ފުރާވަޑައިގަންނަވަނީ

Thu, 23 May 2024 01:22 PM

View on this article on Minivan

ރައީސް މުއިއްޒު މާދަމާ ބާބުޑާ އަށް ފުރާވަޑައިގަންނަވަނީ

ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެސް، (ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސް) ގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާ ބާބުޑާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.



މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސަށް އެރުވީ މިދިޔަ އަހަރުގެ ފަހުކޮޅު ޔޫއޭއީގައި ބޭއްވި "ކޮޕް 28″ ގެ ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުން ކަމަށެވެ.

އަދި ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސިޑްސްގެ ކޮންފަރެންސްގައި ރައީސް ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރައްވާނެ ކަމަށެވެ.

ކޮންމެ 10 އަހަރަކުން އެއްފަހަރު ޔޫއެންއިން ކުރިއަށްގެންދާ ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ "ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާ އެކީ މަސައްކަތްކުރުން" އެވެ.

މި ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވުމުގެ އިތުރުން އިތުރު ތިން ހަރަކާތެއް ރާއްޖެއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަންވަނީ ނިންމާފައެވެ.

ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އިތުރުން ފޮރިން މިނިސްޓަރު ވަޒީރު މޫސާ ޒަމީރާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމާއި ހައުސިން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދާއި ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އެމްބެސެޑަ އެޓް ލާޖު ޑރ. ޢަލީ ނަޞީރު މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

The post ރައީސް މުއިއްޒު މާދަމާ ބާބުޑާ އަށް ފުރާވަޑައިގަންނަވަނީ first appeared on Minivan.



More from Minivan