އިޒްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިންނެވި ކާރުކޮޅު އެކްސިޑެންޓްވީ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަނިކޮށް

Sat, 27 Apr 2024 03:39 PM

View on this article on Minivan

އިޒްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިންނެވި ކާރުކޮޅު އެކްސިޑެންޓްވީ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަނިކޮށް

އިޒްރާއީލްގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، އިޓަމާ ބެން ގްވިރުގެ ކާރުކޮޅު ރޭ އެކްސިޑެންޓްވެފައިވަނީ ޓްރެފިކް ލައިޓް ރަތްވެފައިވަނިކޮށް ޓްރެފިކަށް ނުބަލައި ދަނިކޮށްކަމަށް ހިބްރޫއަށް ނިސްބަތްވާ މީޑިއާތަކުން ބުނެފިއެވެ.



އިޒްރާއީލްގެ ވެރިރަށް ތެލްއަވީވް އާ ޖެހިގެން އޮންނަ ރަމްލާ ސިޓީގައި ރޭ ހިނގި އެކްސިޑެންޓުގައި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، އިޓަމާ ބެން ގްވިރުގެ އިންނެވި ކާރުކޮޅުވަނީ ހަތަރު އަނގޮޅި ކަންމައްޗަކުން ހުރަސްކުރަނިކޮށް ފުރޮޅާލާފައެވެ.

ހިބްރޫގެ މީޑިއާތަކަށް މައުލޫމާތުދެމުން ގްވިރުގެ އިންނެވި ކާރުކޮޅުގައި ޖެހުނު ކާރުގެ ޑްރައިވަރު ބުނެފައިވަނީ ވަޒީރުގެ ކާރުކޮޅު ދުއްވާފައިވަނީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި ދުއްވަން ވާވަރަށްވުރެ ބާރަށެވެ. މި އެކްސިޑެންޓްގައި އެންމެ ބޮޑުވަރުވެފައިވަނީ ވަޒީރުގެ ކާރަށެވެ. އެކްސިޑެންޓުގައި ގްވިރު އިންނެވި ކާރުކޮޅު ވަނީ ފުރޮޅާލައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ގްވިރުގެ އިންނެވި ކާރުކޮޅުގައި ޖެހުނު ކާރުގެ ޑްރައިވަރު ބައެއް މީޑިއާތަކާ ވާހަކަދައްކަމުން ބުނެފައިވަނީ ވަޒީރަށް އެހާބޮޑަށް އަނިޔާވެފައިވަނީ ޝީޓްބެލްޓް އަޅާފައި ނެތުމުން ކަމަށެވެ. މި ކަމާ ގުޅިގެން އިޒްރާއީލް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެގަޑީގައި ކާރު ބާރަށްދުއްވަން ޖެހުނީ އެ ސަރަހައްދުގެ ސަލާމަތީކަންކަން ހުރިގޮތުން ކަމަށެވެ. އެކްސިޑެންޓުގައި ގްވިރުއަށް މާބޮޑު އަނިޔާ ނުވާކަމަށާއި، ނަމަވެސް ކަނދުރާއަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވާކަމަށެވެ.

އިޒްރާއީލްގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، އިޓަމާ ބެން ގްވިރުގެ ކާރުކޮޅު ރޭ އެކްސިޑެންޓް ވެފައިވާއިރު، މިއީ ގްވިރުގެ ކާރުކޮޅު އެކްސިޑެންޓްވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓްމަހުވެސް ވަނީ މިގޮތަށް ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓައި ދަނިކޮށް އެކްސިޑެންޓެއް ހިނގާފައެވެ.'

The post އިޒްރާއީލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އިންނެވި ކާރުކޮޅު އެކްސިޑެންޓްވީ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަނިކޮށް first appeared on Minivan.



More from Minivan