ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެއްޗާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

Tue, 23 Apr 2024 11:01 AM

View on this article on Minivan

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެއްޗާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެއްޗާއި ފައިސާތަކެއްގެ ވެރި ފަރާތް ހޯދަން އިއުލާންކޮށްފިއެވެ.



ފުލުހުން ބުނީ އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ބުނެފައިވެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަންގައި ހުރި ތަކެތި:

  • މިދިޔަ މަހުގެ 16 ވަނަ ދުވަހު އިއްޒުއްދީން މަގުން ހޮވައިގެން ގެނެސްފައިވާ ސިމެންތި ބަސްތާތަކެއް. (އިންސިޑެންޓް ނަންބަރު 5913199)
  • މިދިޔަ މަހުހެ 31 ވަނަ ދުވަހު ޓީޖެޓީ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދަގަނޑުތަކެއް. (އިންސިޑެންޓް ނަންބަރު 592863)
  • މި މަހުގެ 4 ވަނަ ދުވަހު މ. ސަމަންދަރުގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މައިލޯ ދަޅު ކޭހެއް. (އިންސިޑެންޓް ނަންބަރު 594068)

ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތްތަކުން މާފަންނު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9660183 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށާއި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދިފައެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަންގައި ހުރި ތަކެތި:

  • މި މަހުގެ 2 ވަނަ ދުވަހު އެކުވެނި ޓްރެކް ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް. ވޮލެޓުގައި އޮތް 3،000ރ. އާއި (ބީއެމްއެލް ކާޑެއް) (އިންސިޑެންޓް ނަންބަރު 593273)
  • މި މަހުގެ 17 ވަނަ ދުވަހު ޗާންދަނީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ، ކާރު ބެޓެރިއެއް. ( އިންސިޑެންޓް ނަންބަރު 594831)

މި ތަކެތީގެ ވެރިފަރާތުން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަންގައި ހުރި ތަކެތި:

  • މިދިޔަ މަހުގެ 30 ވަނަ ދުވަހު ސައުދީ އެމްބަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަން ބްރޭންޑުގެ މޯބައިލް ފޯނެއް. (އިންސިޑެންޓް ނަންބަރު 592935)
  • މި މަހުގެ 7 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ އެޕަލް ވޮޗް ސީރީސް 2 (42އެމްއެމް) ގަޑިއެއް. (އިންސިޑެންޓް ނަންބަރު 593769)
  • މި މަހުގެ 9 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބީއެމްއެލް ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ.( އިންސިޑެންޓް ނަންބަރު 594014)
  • މި މަހުގެ 15 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ ވަޔަލެއް ސްޕީކަރެއް. (އިންސިޑެންޓް ނަންބަރު 594655)

ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތުން ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9400053 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ތަކެއްޗާ ހަވާލުވުމަށް އެދިފައެވެ.

ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގައި ހުރި ތަކެތި:

  • މިދިޔަ މަހުގެ 14 ވަނަ ދުވަހު އެޗް5 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރުތަކެއް. (އިންސިޑެންޓް ނަންބަރު 591053)
  • މިދިޔަ މަހުގެ 21 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ރަން ފަށެއް. (އިންސިޑެންޓް ނަންބަރު 591857
  • މިދިޔަ މަހުގެ 22 ވަނަ ދުވަހު އެޗް12 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އައިފޯނެއް. (އިންސިޑެންޓް ނަންބަރު 592047)
  • މި މަ މަހުގެ 3 ވަނަ ދުވަހު އެޗް3 ކައިރިން ހޮވައިގެން ގެނެސްފައިވާ 2،500ރ. (އިންސިޑެންޓް ނަންބަރު 593312)

މި ތަކެތީގެ ވެރިފަރާތުން ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް ތަކެއްޗާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

The post ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެއްޗާއި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ first appeared on Minivan.



More from Minivan