ރައީސް ގުޅީފަޅު މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލައްވައިފި

Sat, 20 Apr 2024 04:12 PM

View on this article on Minivan

ރައީސް ގުޅީފަޅު މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގުޅީފަޅުގެ މަޝްރޫއު ކުރިއަަށްދާގޮތް ބައްލަވާލައްވައިފިއެވެ.



ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ ރައީސް މުއިއްޒު ގުޅީފަޅު ބައްލަވާލަން މިއަދު ވަޑައިގެންނެވި ކަމަށާއި އެ މިނިސްޓްރީގެ ފަރާތުން ގުޅީފަޅު މަޝްރޫއުގެ އަދާހަމަ ރައީސް މުއިއްޒުއަށް އެރުވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠައާމް ކަމަށެވެ.

އަދި އެމަނިކުފާނުގެ އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެންވާރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުއެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ.

 

The post ރައީސް ގުޅީފަޅު މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލައްވައިފި first appeared on Minivan.



More from Minivan