ބަސްނާހާ ދަރިއެއްގެ ޝަކުވާ ކުރާހެން އެމްޑީޕީއަށް ރައީސް ނަޝީދު ފާޑު ވިދާޅުވެއްޖެ

Sat, 20 Apr 2024 01:52 PM

View on this article on Minivan

ބަސްނާހާ ދަރިއެއްގެ ޝަކުވާ ކުރާހެން އެމްޑީޕީއަށް ރައީސް ނަޝީދު ފާޑު ވިދާޅުވެއްޖެ

ބަސްނާހާ ދަރިއެއްގެ ޝަކުވާތައް ބަޔަކަށް ވިދާޅުވެދެއްވާހެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.



އެމްޑީޕީގެ ލީޑަޝިޕުގެ ބޭފުޅުންނާމެދު އުފެދުނު ޚިޔާލުތުވުންތަކަކާ ގުޅިގެން އެމްޑީޕީ ދޫކުރައްވައި އެމަނިކުފާނު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ރޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އެމްޑީޕީ ސިފަކުރެއްވީ ރިޔާސީ މެނިފެސްޓޯއަށް ޢަމަލު ނުކުރެއްވި ޕާޓީއެއްގެ ގޮތުގައެވެ.

އަދި ނުހިއްކާ އޮތް ސަރަހައްދުތަކުން މާލޭ މީހުންނަށް ގޯތި ދޫކުރުމާއި ހުޅުމާލެއިން ގޯތި ކަނޑައި ދޫކޮށްފައިވަނީ ރަނގަޅަށް ޕްލޭން ނުކޮށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އާދިއްތަ ދުވަހު އޮންނަ އިންތިހާބުގައި އެމްޑީޕީ ހޮވައިގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ފެންނާކަށް ނެތެވެ. އެއީ އެމްޑީޕީގެ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުންނާއި ރިޔާސީ އިންތިހާބުގެ ފަހު ވަގުތު އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ ދިޔައީ މަގުރޫޓުވުމުގެ މަގަށް ކަމަށް ވާތީއެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ރައީސް ނަޝީދަށް އަބަދުވެސް އިޚްތިރާމް އޮންނާނެ ކަމަށާއި އެހެންނަމަވެސް ރޭ އެމްޑީޕީއާ ބެހޭ ގޮތުން ދެއްކި ވާޙަކައަށް އެއްވެސް އިހްތިރާމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ މުޅި ސްޕީޗް އޮތީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިފައިކަން ފާހަގަކުރައްވަމުން އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދުގެ ސިޔާސީ ފޯކަސް މިހާރު ގެއްލިފައިވާ ކަމަށެވެ.

The post ބަސްނާހާ ދަރިއެއްގެ ޝަކުވާ ކުރާހެން އެމްޑީޕީއަށް ރައީސް ނަޝީދު ފާޑު ވިދާޅުވެއްޖެ first appeared on Minivan.



More from Minivan