ރައީސް ޔާމީން ހައިކޯޓުން މިނިވަން ކޮށްފި

Thu, 18 Apr 2024 05:54 PM

View on this article on Minivan

ރައީސް ޔާމީން ހައިކޯޓުން މިނިވަން ކޮށްފި

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށްކޮށްފައިވާ ހުކުމް ދިވެހި ރާއްޖޭގެ ހައިކޯޓުން ބާތިލް ކުރުމުން، އެމަނިކުފާނު ދާދި ދެންމެއަކު މިނިވަން ވެއްޖެއެވެ.



ކްރިމިނަލް ކޯޓުން ރައީސް ޔާމީންއަށް ހުކުމް ކޮށްފައި ވަނީ ޔޫސުފް ނަޢީމު ކިޔާ މީހެއްގެ އަތުން ރިޝްވަތުގެ ފައިސާ ނައިގެން ރިސޯޓެއް ތަރައްގީ ކުރުމަށް އުސޫލުތަކާ ޚިލާފަށް ޔޫސުފް ޔައީމަށް ރަށެއް ދީފައިވާތީއެވެ.

ހައިކޯޓުން މިއަދު ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ނިންމާފައިވަނީ އިންސާފުވެރި ޝަރީއަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ސާފުކޮށް ފެންނާން އޮތް ކަމަށެވެ.

ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމަަށް ޔޫސުފް ނައީމުގެ މައްޗަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން އަލުން ބަލަން ޖެހޭ ކަމަށް ހައިކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެފައެވެ.

ރައީސް ޔާމީން މިނިވަންވީ ވ. އާރަށާ ގުޅިގެން ދައުލަތުން ކުރި ދައުވާގައި ކުރިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ބާތިލްކުރުމުންނެވެ.

The post ރައީސް ޔާމީން ހައިކޯޓުން މިނިވަން ކޮށްފި first appeared on Minivan.



More from Minivan