އައްޑޫގެ ސްޕާއަކުން ދިވެހި ދެ ފިރިހެނުންނާއި ބޭރު ތިން އަންހެނުން ހައްޔަރުކޮށްފި

Thu, 02 May 2024 12:38 PM

View on this article on Minivan

އައްޑޫގެ ސްޕާއަކުން ދިވެހި ދެ ފިރިހެނުންނާއި ބޭރު ތިން އަންހެނުން ހައްޔަރުކޮށްފި

އައްޑޫ އަތޮޅު ފޭދޫގައި ހިންގަމުންދިޔަ ސްޕާއަކުން ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ އަންހެނުންތަކެއް ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނި ގޮތުގައި ފޭދޫގައި އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުންނާއި ތައިލޭންޑަށް ނިސްބަތްވާ ތިން އަންހެނުންނެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން ވަނީ މިދިޔަ މާޗްމަހުގެ 9 ވަނަ ދުވަހު އައްޑޫގެ ހިތަދު އާއި މަރަދޫގައި އޮޕަރޭޝަންތަކެއް ހިންގައި, ކޮންމެ ރަށަކުން ފަސް މީހުން ހައްޔަރުކޮށްފައެވެ. އެ ފަހަރު ހައްޔަރުކުރީ ތިން ދިވެހި ފިރިހެނުންނާއި ފަސް ތައިލެންޑު އަންހެނުންނާއި އިންޑިއާ އަދި މިއަންމާ މީހެކެވެ.

ބައެއް ސްޕާތަކާއި ދިވެހި ބޭސް ކްލިނިކްތަކުގައި ހަށިވިއްކާކަމުގެ ތުހުމަތު ކުރެވޭ މައްސަލަތައް އަންނަނީ ފަހަކަށް އައިސް އިތުރުވަމުންނެވެ. އެފަދަ ތަންތަނުގައި ހަށިވިއްކަމުން ދަނިކޮށް ވެސް ފުލުހުން މީގެ ކުރިން މީހުން އަތުލައިގަނެފައިވެއެވެ.

The post އައްޑޫގެ ސްޕާއަކުން ދިވެހި ދެ ފިރިހެނުންނާއި ބޭރު ތިން އަންހެނުން ހައްޔަރުކޮށްފި first appeared on Minivan.



More from Minivan