ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން އާންމު ވޯޓެއް ނެގުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވައިފައިވަނީ 35 މެންބަރުންނެވެ.
އިލްޔާސް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަތުމާއިއެކު ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ މި ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅާފަ އެވެ. އަދި އެ ހުށަހެޅުމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ ތާއީދު ކުރައްވާފަ އެވެ.
ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާ ދިރާސާ ކުރުމަށް ވޯޓު ދެއްވީ 34 މެންބަރުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުޅި މަޖިލިސް ކޮމިޓީއަށް ގޮސް މި ގަރާރު ދިރާސާ ކުރާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ.
The post ވެރިކަމުގެ ނިޒާމާއި ގުޅޭ ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި first appeared on Minivan.