ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތް ހަދައިފި

Tue, 19 Sep 2023 01:23 PM

View on this article on Minivan

ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތް ހަދައިފި

ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތް ހަދައިފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ގަރާޖު ސިޓީއާ ނުލައި ޓެކްސީ ރަޖިސްޓްރީ ކުރެވޭ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފައި ވަނީ އިއްޔެ އެވެ.

އެ އިސްލާހާ ގުޅިގެން މި ދެ ގިންތިއަށް ފެތޭ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީއެއް ބޭނުން ނުވި ނަމަވެސް، އާ ގަވާއިދުގެ ދަށުން އެހެން ހުރިހާ ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރަޖިސްޓްރީ ކުރުމަށް ލިޔެކިޔުމުގައި ހިމެނެންޖެހޭ ޝަރުތުތައް:
  • ގަރާޖެއްގައި އުޅަނދު ބޭއްވުމާ މެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން
  • ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް

މިހާރު ކުރިއަށްދާ 19 ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ގަރާޖު ސިޓީ އުވާލުމުގެ މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެއީ ބޭކާރު އުސޫލެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ވަނީ މީގެ ކުރިން އެ ގަވާއިދު ބޭރުކޮށްލާފައެވެ.

ޓެކްސީތައް ރަޖިސްޓްރީ ކުރާއިރު ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތް ހެދި ނަމަވެސް ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 10,000 ރުފިޔާ ހުށަހަޅަން ޖެހެއެވެ. މިއީ ކުރިން ނަގަމުން އައި ނަމަވެސް މި ސަރުކާރުން މާޗު މަހު ގެޒެޓުކުރި ގަވާއިދުގައި އުނިކޮށްފައިވާ މާއްދާ އެކެވެ.

އޭގެ އިތުރުން ޓްރާންސްޕޯޓުން ވަނީ އެކިއެކި މަޝްރޫއުތައް ހިންގަން ރާއްޖެއަށް ގެންނަ ވެހިކަލްތަކަށް ވަގުތީ ރަޖިސްޓްރީ ދޫކުރަން 15،000ރ. ނަގަން ވެސް އާ ގަވާއިދުގައި ހިމަނާފައެވެ. ނަމަވެސް މީގެ ކުރިން މިކަހަލަ އުޅަނދުތައް ރަޖިސްޓްރީ ކުރަން އެއްވެސް ފައިސާއެއް ނަގާފައެއް ނުވެއެވެ.


More from Minivan