3 ކޯޓަކަށް ފަނޑިޔާރުން އައްޔަނު ކޮށްފި

Thu, 08 Jun 2023 03:53 PM

View on this article on Minivan

3 ކޯޓަކަށް ފަނޑިޔާރުން އައްޔަނު ކޮށްފި



ދިވެހިރާއްޖޭގެ ތިން ކޯޓު ކަމަށްވާ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް އައްޔަނު ކޮށްފައިވަނީ އަލްއުސްތާޛު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ޝަނީޒް ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލްކުރައްވާފައެވެ. އޭނާ ޝަރުއީ އަދި ގާނޫނީ ދާއިރާގައި 9 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރިއިރު ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަގާމްގައެވެ.

ކްރިމިނަލް ކޯޓަށް އަލްއުސްތާޛާ އާއިޝަތު ނުޒުހާ އައްޔަނު ކޮށްފައިވާއިރު، އޭނާ ވަނި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ (ވިތް އޮނަރސް) އަދި މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމް އަދާކުރައްވަމުން ގެންދެވި  ނުޒުހާ ވަނީ ގާނޫނީ ދާއިރާގައި 07 އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ހިދުމަތްކުރައްވާފައެވެ.

ހަމައެއާއެކު، ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އައްޔަނުކޮށްފައި ވަނީ އަލްއުސްތާޛާ އައިޝަތު ޝިހާބް އެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމެވިއިރު، އޭނާ ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމްގައެވެ.

އެބޭފުޅުން މަގާމަށް އައްޔަނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުހައްމަދު އިބްރާހީމްއެވެ.


More from Minivan