ބާރަށުގައި އިކޯ ޓުއަރިޒަމް ތަރައްގީކުރަން ހުޅުވާލައިފި

Mon, 21 Oct 2024 09:00 PM

View on this article on Masverin

ބާރަށުގައި އިކޯ ޓުއަރިޒަމް ތަރައްގީކުރަން ހުޅުވާލައިފި

ހއ.ބާރަށުގައި އިކޯ ޓްއަރިޒަމް ތަރައްގީ ކުރުމަށް ހުޅުވާލައިފިއެވެ.



ބާރަށު އިކޯ ހޮޓާ ތަރައްގީކުރަން ނިންމާފައި ވަނީ އެ ރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓު ބިމުގައެވެ.

މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހު 10:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ، މި އަހަރުގެ ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހު 10:00 އަށް ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދޭ ކަމަށެވެ.

މައުލޫމާތު ބައްދަލު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ 12:00 ކުރިން ރަޖިސްޓަރީ ވާން ޖެހެއެވެ.

އެ މިނިސްޓްރީން ބުނީ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މި ވުޒާރާގެ ވެބްސައިޓް (www.tourism.gov.mv)  އިން ލިބެން ހުންނާނެ ކަމަށެވެ.

އިންޓަނޭޝަނަލް ބީލަމަކަށް ހުޅުވާލައިގެން ބާރަށުގައި އީކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ކައުންސިލްތަކާ ބައްދަލުކުރައްވަން ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފާވާ ވައުދެކެވެ.



More from Masverin