މަސްކިރުން ބޮޑުތަނުން ދަށަށް، މިފްކޯގެ މާލީ ހާލަތު އިތުރަށް ގޯސްވެއްޖެ

Mon, 21 Oct 2024 04:13 PM

View on this article on Masverin

މަސްކިރުން ބޮޑުތަނުން ދަށަށް، މިފްކޯގެ މާލީ ހާލަތު އިތުރަށް ގޯސްވެއްޖެ

މިފްކޯއަށް މިއަހަރު މަސްކިރާފައިވާ މިންވަރު މިދިޔަ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، އެ ކުންފުނީގެ މަސްކިރާ މިންވަރު ބުނެދޭ ތަފާސްހިސާބުން ދައްކައިފިއެވެ.



މި ހިނގާ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަސްކިރާފައިވާ ޖުމްލަ އަދަދު ފާއިތުވި އަހަރާއި އަޅާބަލާއިރު ވަނީ 28951 މެޓްރިކް ޓަނު ދަށަށް ގޮސްފައެވެ.

ފާއިތުވި އަހަރާއި މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތަފާތުސްހިސާބު

ޖެނުއަރީ – 2023 ގައި 7528 މެޓްރިކް ޓަނު، މި އަހަރު 7452 މެޓްރިކް ޓަނު (77 ޓަނު މަދު)

ފެބްރުއަރީ - 2023 ގައި 9035 މެޓްރިކް ޓަނު، މި އަހަރު 5860 މެޓްރިކް ޓަނު (3175 ޓަނު މަދު)

މާޗު - 2023 ގައި 6715 މެޓްރިކް ޓަނު، މި އަހަރު 4611 މެޓްރިކް ޓަނު (2104 ޓަނު މަދު)

އޭޕްރީލް - 2023 ގައި 7054 މެޓްރިކް ޓަނު، މި އަހަރު 2،322 މެޓްރިކް ޓަނު (4732 ޓަނު މަދު)

މެއި - 2023 ގައި 8535 މެޓްރިކް ޓަނު، މި އަހަރު 3666 މެޓްރިކް ޓަނު (4869 ޓަނު މަދު)

ޖޫން - 2023 ގައި 1794 މެޓްރިކް ޓަނު، މި އަހަރު 1272 މެޓްރިކް ޓަނު (523 ޓަނު މަދު)

ޖުލައި - 2023 ގައި 1831 މެޓްރިކް ޓަނު، މި އަހަރު 247 މެޓްރިކް ޓަނު (1584 ޓަނު މަދު)

އޮގަސްޓު - 2023 ގައި 3204 މެޓްރިކް ޓަނު، މި އަހަރު 1،157 މެޓްރިކް ޓަނު (2047 ޓަނު މަދު

ސެޕްޓެމްބަރު - 2023 ގައި 3124 މެޓްރިކް ޓަނު، މި އަހަރު 1529 މެޓްރިކް ޓަނު (1595 ޓަނު މަދު)

އޮކްޓޫބަރު - 2023 ގައި 8660 މެޓްރިކް ޓަނު، މި އަހަރު 836 މެޓްރިކް ޓަނު (7824 ޓަނު މަދު)

މަސްވެރިކަން ދަށަށް ގޮސް މިފްކޯއަށް މަސްކިރާ މިންވަރު ބޮޑުތަނުން ދަށަށް ދިއުމާއި ގުޅިގެން އެ ކުންފުންޏަށް ވަނީ މާލީގޮތުން ވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. މި ސަބަބާއިހުރެ ސެޕްޓެމްބަރު 28 އިން ފެށިގެން ކިރާފައިވާ މަހަށް ދޭން ޖެހޭ ފައިސާ ވެސް ހުރީ ނުދެވިއެވެ. މިގޮތުން މިހާރު މަސްކިރާފައި މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު ވަނީ 9.1 މިލިއަނަށް އަރާފައެވެ.



More from Masverin