ކަނޑުތައް ހިމާޔަތްކުރުމުގައި ސްޕޭސް ސައިންސްގެ ބޭނުން ހިފުން މުހިންމު: ޝިޔާމު

Wed, 24 Apr 2024 07:41 PM

View on this article on Masverin

ކަނޑުތައް ހިމާޔަތްކުރުމުގައި ސްޕޭސް ސައިންސްގެ ބޭނުން ހިފުން މުހިންމު: ޝިޔާމު

ކަނޑުތަކާއި ތިމާވެށި ހިމާޔަތްކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސްޕޭސް ސައިންސްގެ ބޭނުން ފުރިހަމައަށް ހިފުން މުހިންމު ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.



ވަޒީރު ޝިޔާމު މިހެން ވިދާޅުވީ ސްޕޭސް ފޯ އައިލެންޑު ނޭޝަންސް ކޮންފަރެންސް އެސްއައިއެންސީ2024ގައި ވާހަކަދައްކަވަމުންނެވެ.

މިމަހުގެ 22 އިން 27ގެ ނިޔަލަށް ރާއްޖޭގެ ކްރޮސް ރޯޑްސް ރިސޯޓުގައި ކުރިއަށްދާ މި ކޮންފަރެންސްއަކީ އަކީ ދުނިޔޭގެ 15 ގައުމަކުން ގާތްގަނޑަކަށް 120 މަންދޫބުން އަދި ފަންނީ މާހިރުންނާއި ދިވެހި ޒުވާނުންވެސް ބައިވެރިކޮށްގެން ބާއްވާ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގައި މިއަދު ބައިވެރިވެވަޑައިގެން ވަޒީރުވަނީ ސްޕޭސް ސައިންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އަދި މިއީ ތިމާވެށި އަދި ކަނޑުތައް ހިމާޔަތްކުރުމުގައި ބޭނުން ހިފަން ޖެހިފައިވާ ވަސީލަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމު ވިދާޅުވީ މި ސަރުކާރުންވެސް ދިރާސާކުރުމާއި އިންގިލާބީ ވިސްނުންތަކަށް ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި މިއީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ތަކުރާރުކޮށް ފާހަގަކުރައްވަމުން ގެންދަވާކަމެއް ކަމަށެވެ. ސެޓެލައިޓުތަކުގެ އެހީގައި އެއްކުރެވޭ މައުލޫމާތުތަކަކީ ޕޮލިސީތައް އެކަށައެޅުމުގައި ކަނޑުތަކާއި، ތިމާވެށި ހިމާޔަތްކުރުމަށް މުޙިއްމު މައުލޫމާތުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެސްއައިއެންސީގެ ފުރަތަމަ ބުރުވެސް ކުރިއަށް ގެންގޮސްފައިވަނީ މިދިޔައަހަރު  ރާއްޖޭގައެވެ.

އެސްއައިއެންސީ 2024ގައި 31 ފަންނީ މާހިރުންގެ ވާހަކަދެއްކުން، 27 ޕެނަލް ޑިސްކަޝަން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖައްވީ ސިނާއަތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ސިޔާސަތުތަކާއި ނިންމުންތައް ނިންމާ ފަރާތްތަކާއި ޒުވާނުން ގުޅާލާ ބައްދަލުވުމެއްގެ ގޮތުގައެވެ..

 



More from Masverin