މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ

Wed, 24 Apr 2024 11:58 AM

View on this article on Masverin

މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ

މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.



މިއަދަށް ލަފާކުރާ މޫސުމުގެ މައުލޫމާތު އާއްމު ކުރަމުން މެޓުން ބުނީ، މިއަދު ހަވީރު6:00ގެ ނިޔަލަށް މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

ނަމަވެސް އުތުރުގެ އަތޮޅުތަކަށް މިއަދު މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މެޓުން ބުނާ ގޮތުގައި މިއަދު ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ، އަދި ރާޅުގެ އުސްމިން ހުންނާނީ 4-2 ފޫޓުގައެވެ.

މިއަދު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.



More from Masverin