މިފްކޯ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

Wed, 24 Apr 2024 11:05 AM

View on this article on Masverin

މިފްކޯ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން ޕީސީބީއިން އުވާލައިފިއެވެ.



ކޯޕަރޭޓް ގަވަނެންސް އާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައި ވާތީ ޝަމާހު، މަގާމުގެ ޒިންމާތަކުން ވަގުތީގޮތުން އެކަހެރި ކޮށްފައި ވަނީ މިދިޔަ މަހުގެ18 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ޝަމާހު ވަނީ މިދިޔަ މަހުގެ25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯސީ ކޮމިޓީއަށްވެސް ހާޒިރު ކޮށްފައެވެ.

ޝަމާހުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ޕީސީބީގެ ވިސިލްބްރޯ ޕޯޓަލް މެދުވެރިކޮށް ކަމަށް ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން މިއަދު މިފްކޯގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ އިބްރާހިމް ސައީދު ވިދާޅުވީ، ޝަމާހުގެ ސަސްޕެންޝަން އުވާލައި، އެކަން އިއްޔެ ލިޔުމުންވެސް އަންގާފައިވާ ކަމަށެވެ.

"ސަސްޕެންޝަން އުވާލައި، ކުންފުނީގެ އޯޕީއެސް ތައް ޑޭޓުޑޭ ހިންގުމަށް އުފެއްދި އިންޓަރިމް ކޮމިޓީވެސް ވަނީ އުވާލާފަ. އަދި މިފްކޯގެ ހިންގުމާ ގުޅޭ 'ހުރިހާ' ކަންކަން މިފްކޯ ބޯޓް ތްރޫކޮށް ކުރިއަށް ގެންދިއުމަށް ޕީސީބީއިން ވަނީ ސީއީއޯއަށް އިރުޝާދު ދެއްވާފަ" ސައީދު ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެ ކުރިން މިފްކޯގެ ޖެނެރަލް މެނޭޖަރ އަލީ މުއާޒް "މަސްވެރި އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ޝަމާހުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާ ނަމަވެސް، އެއްވެސް މައްސަލައެއްގެ ހެއްކެއް ނެތް ކަމަށެވެ.



More from Masverin