މި ކަންނެލި ނަނުގައި ޖެހުމަށްފަހު، ބޯޓަށް އެރުވުމަށް 4 ގަޑިއިރު ހޭދަވި!

Wed, 24 Apr 2024 08:55 AM

View on this article on Masverin

މި ކަންނެލި ނަނުގައި ޖެހުމަށްފަހު، ބޯޓަށް އެރުވުމަށް 4 ގަޑިއިރު ހޭދަވި!

އެމެރިކާގެ މަސްވެރިންތަކެއް 326 ކިލޯގެ ނޫ އުރަހަ ކަންނެއްޏެއް ބާނައިފިއެވެ. މި ކަންނެލި ބޭނުމަށް ޓަގް ބޯޓެއްގެ ކައްޕި ކެވިން ގޯލްޑުބާގު އަދި މައިކް ރިސެޓާވަނީ ހަތަރު ގަޑިއިރު ހޭދަކޮށްފައެވެ.



ސައިޒުގެގޮތުން އެ ކަންނެލި ބޮޑުކަމުން ބަނދަރަށް އެރުވުންވެސް ވީ ބުރަ ކަމަކަށެވެ. މި ނޫ އުރަހަ ކަންނެލީގެ މަސްތައް އާއިލާއާއި ރައްޓެހިންނަށް ވަނީ ބަހާފައެވެ.

ކެވިން އާއި މައިކް މިދިޔަ ހޮނިހިރު ދުވަހު މަހަށް ނިކުތީވެސް ނޫ އުރަހަ ކަންނެއްޏެއް ހިފުމަށް އަމާޒުކޮށްގެންނެވެ. އެގޮތުން ގިނަ އިރުތަކެއް ވަންދެން އެ ސަރަހައްދުގައިވަނީ ދުއްވާފައެވެ.

ނަނުގައި ސައިޒުގެ ގޮތުން އެހާ ބޮޑު މަހެއް ޖެހުމުން އޭތި ފެނުން މައްޗަށް ނެގުންވީ ބުރަ ކަމަކަށެވެ. އެގޮތުން އޭތި އެތައް ފަހަރަކު ދޫވާން އުޅޭހެން ހީވި ކަމަށްވެސް ކެވިން ބުންޏެވެ.

އަދި އެ ސަރަހައްދުން އެހެން ބޯޓުތައްވެސް ދަތުރުކުރަމުން ދިޔުމުންވެސް ދަތިތަކާއި ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް ހިތްވަރު އެލުވާނުލާ މަސައްކަތްކުރުމުގެ ނަތީޖާއަކަށްވީ، 326 ކިލޯގެ އެ ކަންނެލި ފެނުން މައްޗަށް ނަގާ، ބޯޓަށް އެރުވާވަރުވުމެވެ.

ސައިޒުގެ ގޮތުން ބޮޑު މި ނޫ އުރަހަ ކަންނެލީގެ ވާހަކަތަކަށް ސޯޝަލް މީޑިއާގައިވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

މިއީ ނިއު ޖާސީގެ ކަނޑުގެ ސަރަހައްދުން ޖަޔަންޓު ބްލޫފިން ޓޫނާ، ނުވަތަ ސައިޒުން ބޮޑެތި ނޫ އުރަހަ ކަންނެލި ފެންނަ ދުވަސްވަރެވެ. މި ބާވަތުގެ ކަންނެލި ބޭނުމަށް ގިނަ ބަޔަކު މަސައްކަތްކުރެއެވެ. އެހެން ނަމަވެސް މިއާ ދަތި ކަމެކެވެ.



More from Masverin