ހަތް ސަރަހައްދެއްގައި އަޅާ ކޯލްޑް ސްޓޯރޭޖް ނިމުމުން 23،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭކުރެވޭނެ

Fri, 19 Apr 2024 10:58 AM

View on this article on Masverin

ހަތް ސަރަހައްދެއްގައި އަޅާ ކޯލްޑް ސްޓޯރޭޖް ނިމުމުން 23،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭކުރެވޭނެ

ދިވެހިރާއްޖޭގެ މަސްވެރިން ބާނާ ކަޅުބިލަމަހުގެ މިންވަރު އިތުރުކުރުމަށާއި މަސް ރައްކާކުރާ މިންވަރު އިތުރުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުގައި އަޅާ މަސް ގަންނަ ފެސިލިޓީއާއި މަސް މަސް ރައްކާ ކުރެވޭ ކޯލްޑް ސްޓޯރޭޖްތައް ގާއިމު ކޮށް ނިމުމުން، 23،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭނެ ގޮތް ފަހިވެގެން ދާނެއެވެ.



އެގޮތުން ބަލާއިރު، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްއަކާއި ޅ. ފެލިވަަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދެއެވެ.

ހއ. އިހަވަންދޫގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި ދ. އަތޮޅުގައި 1500 ޓަނުގެ ސްޓޯރޭޖްގެ އިތުރުން ގދ. ފިޔޯރީގައި 1000 ޓަނު ސްޓޯރޭޖް ގާއިމު ކުރުމަށް ވަނީ ރޭވިފައެވެ.

ހަމައެޔާއެކު މ. މުލަކުގައި 500 ޓަނު އަދި ގއ. ކޫއްޑޫ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމަށް ވަނީ ޓެންޑަރ ކުރެވިފައެވެ.

އެހެންކަމުން މި މަޝްރޫއު ނިމިގެން ދާއިރު ރާއްޖޭގެ ހަތް ސަރަހައްދެއްގައި މަސް ރައްކާ ކުރެވޭ ފެސިލިޓީތައް ގާއިމު ވެގެން ދާނެއެވެ.



More from Masverin