ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް: މިއަހެލި

Sun, 04 Jun 2023 11:13 AM

View on this article on Masverin

ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް: މިއަހެލި

ހުޅަނގު މޫސުމުގެ ފަސް ވަނަ ނަކަތް ކަމުގައިވާ "މިއަހެލި" ނަކަތަކީ އިއްޔެއިން ފެށިގެން، މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.



މި ނަކަތުގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާނެއެވެ. އަދި ވައި ގަދަވެފައި ކަނޑުވެސް ގަދަ ވާނެއެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރުން އެހާ ރައްކާތެރިއެއް ނުވާނެއެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 11 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 20.37 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

  1. އައްސިދަ
  2. ބުރުނު
  3. ކެތި
  4. ރޯނު
  5. މިއަހެލި
  6. އަދަ
  7. ފުނޯސް
  8. ފުސް
  9. އަހުލިހަ
  10. މާ
  11. ފުރަ
  12. އުތުރަ
  13. އަތަ
  14. ހިތަ
  15. ހެއި
  16. ވިހާ
  17. ނޮރަ
  18. ދޮށަ މިއެވެ.


More from Masverin