ރައީސް މުއިއްޒުގެ ހެޔޮ ދުއާ ސައުދީގެ ރަސްގެފާނަށް

Fri, 24 May 2024 05:41 PM

View on this article on Khabaru Online

ރައީސް މުއިއްޒުގެ ހެޔޮ ދުއާ ސައުދީގެ ރަސްގެފާނަށް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލާސްކަންފުޅާ އުޅުއްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.



ރައީސް ޑރ. މުއިއްޒު "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައުދީގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް ސަލްމާންގެ ސިއްހަތާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.  އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މާތްﷲ، ސައުދީގެ ރަސްގެފާނަށް ރަނގަޅު ސިއްހަތަކާއި ދިގު އުމުރެއް ދެއްވުމަށް އެދި ރައީސް ޑރ. މުއިއްޒު ވަނީ ދުއާ ކުރައްވައިފައެވެ.

ސައުދީ ރަސްގެފާނުގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކައި ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި އެމަނިކުފާނަށް ޖެހިވަޑައިގެންފައި ވަނީ ފުއްޕާމޭގެ އާލާސްކަންފުޅެކެވެ. އެ ޓެސްޓުތައް އެމަނިކުފާނު ހެއްދެވީ ވަރަށް ގަދަ އަށް ހުން އައިސް ހުޅުތަކުގައި ރިއްސަން ފެށުމުންނެވެ.

އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ސައުދީގައި ހުންނަ އަލްސަލާމް ގަނޑުވަރުގައެވެ.

The post ރައީސް މުއިއްޒުގެ ހެޔޮ ދުއާ ސައުދީގެ ރަސްގެފާނަށް first appeared on Khabaru Online.



More from Khabaru Online