ޓްރޭޑް އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހު ކުރުމަށް މަޝްވަރާ ކޮށްފި

Wed, 15 May 2024 10:09 PM

View on this article on Khabaru Online

ޓްރޭޑް އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހު ކުރުމަށް މަޝްވަރާ ކޮށްފި

ވިޔަފާރީގެ ދާއިރާއިންނާއި އިންވެސްޓަމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދުވެހިރާއްޖެއާއި އިނގިރޭސިވިލާތުން މަޝްވަރާ ކޮށްފިއެވެ.މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެގައުމުގެ ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގްރެގް ހޭންޑްސްއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ސައީދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ މި ބައްދަލުވުމުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި، ފައިނޭންޝަލް ސަރވިސަސް އިންޑަސްޓްރީ ކުރިއެރުވުމަށާއި އެފް.ޓީ.އޭ.ގެ ދާއިރާ ފުޅާކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައެވެ.

 

The post ޓްރޭޑް އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހު ކުރުމަށް މަޝްވަރާ ކޮށްފި first appeared on Khabaru Online.More from Khabaru Online