ދީމާގެ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

Wed, 15 May 2024 09:55 PM

View on this article on Khabaru Online

ދީމާގެ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ރާއްޖޭގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ މިއަހަރު ފްރާންސްގެ ޕެރިސްގައި ބާއްވާ އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވުމާއި ގުޅިގެން ރައީސް މުއިއްޒު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.



ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް މިއަދަކީ ތާރީހީ ދުވަހެއްކަމުގައެވެ. އަދި ރައީސް ވިދާޅުވެފައިވަނީ ދީމާގެ ހިތްވަރާއި އަދި ހޯދި ކާމިޔާބީއަށް ދިވެހި ގައުމު ފަޚުރުވެރިވާ ކަމަށެވެ.

އަދި ރައީސްވަނީ ޕެރިސްގައި ބާއްވާ އޮލިމްޕިކްސްގައި ދީމާއަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދައިގެނެވެ.

މިއީ ރާއްޖެއިން އޮލިމްޕިކްސްގައި ވާދަ ކުރުމަށް ކުޅިވަރު އެތުލީޓަކު ކޮލިފައިވި ފުރަތަމަ ފަހަރެވެ. މީގެކުރިން ރާއްޖެއަށް މުޅިންވެސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް ފުރުސަތެއްގެ ތެރެއިންނެވެ.

The post ދީމާގެ ކާމިޔާބީއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ first appeared on Khabaru Online.



More from Khabaru Online