ނ. އަތޮޅު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަނީ

Thu, 25 Apr 2024 04:36 PM

View on this article on Khabaru Online

ނ. އަތޮޅު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަނީ

ނ. އަތޮޅު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.



އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ 17 ދާއިރާއަކަށް ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އެ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ނ. އަތޮޅު ހޮސްޕިޓަލް އަދި ވެލިދޫ ސިއްހީ މަރުކަޒުގައި ކަމަށް ވެސް އިއުލާންގައިވެއެވެ.

ޑޮކްޓަރުން ބޭނުންވާ ދާއިރާތަކަކީ:

  • ސީނިއާ ކޮންސަލްޓަންޓް
  • ކޮންލަސްޓަންޓް
  • ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރަރ
  • ސްޕެޝަލިސްޓް ރެޖިސްޓްރަރ
  • ސްޕެޝަލިސްޓް އިން މެޑިސިން
  • އޯތޯޕެޑިކްސް
  • އެނެސްތެސިއޮލޮޖީ
  • ސާޖަރީ
  • ޕީޑީއެޓްރިކްސް
  • އެންސްޓެޓެރިން އެންޑް ގައިނެކޮލޮޖީ
  • ރޭޑިއޮލޮޖީ
  • އޮފްތަލްމޮލޮޖީ

މީގެތެރެއިން ސީނިއާ ކޮންސަލްޓަންޓް ސްޕެޝަލިސްޓަކަށް 40299 ރުފިޔާ އާއި 36277 ރުފިޔާ ދެމެދުގެ މުސާރައެއް ލިބޭ އިރު، ކޮންސަލްޓަންޓް ސްޕެޝަލިސްޓަކަށް 32632 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. އަދި ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރަރ އަކަށް 20275 ރުފިޔާ، ސްޕެޝަލިސްޓް ރެޖިސްޓްރަރ އަކަށް 26231 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުމާއި ބަލިމީހާ ރިފަރ ކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން ހިމެނެއެވެ.

އަދި ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ހާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުން އަދި ފަރުވާއަށް ގެންނަންށްޖެހޭ ބަދަލުތައް ގެންނަަށް ވެސް ޖެހޭނެއެވެ.

އެހެންކަމުން ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ހުރިހާ ލިޔެކިއުންތައް ހަމަކޮށް މި ފެށޭ މެއި މަހުގެ ދެވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ނ. އަތޮޅު އޮފީހަށް ހުށަހެޅުމަށް އިއުލާނުގައިވެއެވެ.

The post ނ. އަތޮޅު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަނީ first appeared on Khabaru Online.



More from Khabaru Online