ފުލުހަކު ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން ކުރަމުންދާ ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަނީ

Mon, 06 May 2024 03:29 PM

View on this article on Khabaru Online

ފުލުހަކު ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން ކުރަމުންދާ ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަނީ

ފުލުހަކު ދަރިވަރަކު ބްލެކްމެއިލްކުރަމުންދާ ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.



ޓުވިޓާގައި އާންމު މީހަކު ބުނެފައިވަނީ ފުލުހުންގެ އިންސްޕެކްޓަރެއްގެ މަގާމުގައި ހުރި މީހަކު ވިލާ ކޮލެޖްގަ ނާސިން ކިޔަވާ ދަރިވަރަކު ބްލެކްމެއިލް ކޮށް ފައިސާ ހޯދަމުންދާ ކަމުގައެވެ. އަދި އެ މައްސަލަ ބެލޭނެ ވެރިއަކު ނޫނީ އިދާރާއެއް ރާއްޖޭގައި އެބަހުރިތޯ އޭނާ ސުވާލުކޮށްފައި ވެއެވެ.

އެ ޓުވީޓަށް ޖަވާބު ދެއްވައި ފުލުހުންގެ ތަރުޖަމާނު އަދި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންނާއި މެދު ކުރެވޭ ޝަކުވާތައް ތަޙްޤީގުކުރާ ބަހާއިން މި މަޢުލޫމާތު ޔަޤީންކޮށް މިކަން ބެލުމުގެ މަސައްކަތްދަނީ ކުރަމުންކަމުގައެވެ. އަދި ފުލުހަކާއި މެދު ޝަކުވާއެއް ވާނަމަ ސީދާ ފުލުހުންނަށް އެކަމެއް ހުށަހަޅުއްވައިގެން ޙައްލުކުރެއްވުން އެދޭކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

The post ފުލުހަކު ދަރިވަރަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން ކުރަމުންދާ ކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަނީ first appeared on Khabaru Online.



More from Khabaru Online