އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއުއަށް ހުއްދަ ކެނެޑާގެ އަބްރަކްސަސް ޕަވާ ކޯޕަރޭޝަނަށް

Wed, 24 Apr 2024 10:18 PM

View on this article on Khabaru Online

އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއުއަށް ހުއްދަ ކެނެޑާގެ އަބްރަކްސަސް ޕަވާ ކޯޕަރޭޝަނަށް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް މިއަދު ދީފިއެވެ.



އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ހުއްދަ ދީފައިވަނީ މިއަދު ބޭއްވި އެސްއީޒެޑްގެ ބޯޑު އޮފް އިންވެސްޓްމެންޓު ޖަލްސާގައި ކަމަށެވެެ.

އެ ޕްރޮޖެކްޓް ހަވާލުކުރީ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ޕަވާ ކޯޕަރޭޝަނާއެވެ. އެ ކުންފުނީގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވާ ސަޕްލައި ކޮމްޕެނީ ލިމިޓެޑެވެ.

އެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) އިންޖީނުގެއަކާއި އެއާ ގުޅުންހުރި ސިވިލް އަދި އިލެކްޓްރިކަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، ލީ އޮން ބެޓެރީ ސިސްޓަމަކާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމަކާއި މައި ޕަވާ ގްރިޑާ އިންޓަކަނެކްޝަނަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ އެކު ގުޅާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ޕްރޮޕޯސަލް ލިބިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުންނަމަ އެއީ 110 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގުމުގެ ޕްރޮޕޯސަލެވެ. އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ 100 މިލިއަން ޑޮލަރުކަމަށް ވަނ ކަނޑައަޅާފައެވެ.

The post އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއުއަށް ހުއްދަ ކެނެޑާގެ އަބްރަކްސަސް ޕަވާ ކޯޕަރޭޝަނަށް first appeared on Khabaru Online.



More from Khabaru Online