ޑްރެޖަރުގައި މަރުވި ބިދޭސީ މީހާ މަރުވީ ކެރޭނަކުން އުފުލި އެއްޗިހިތަކެއް ދަށުވެ

Sat, 04 May 2024 01:22 PM

View on this article on Khabaru Online

ޑްރެޖަރުގައި މަރުވި ބިދޭސީ މީހާ މަރުވީ ކެރޭނަކުން އުފުލި އެއްޗިހިތަކެއް ދަށުވެ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް އަނިޔާވެ ބިދޭސީއަކު މަރުވެފައިވަނީ ކެރޭނެއްގައި އެ އުޅަނދަށް އެރުވި އެއްޗިހިތަކެއް ދަށުވެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "މިރާ" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، އިއްޔެ ޑްރެޖަރުގައި ހުރި ބިދޭސީ މީހާ މަރުވީ ކެރޭނަކުން އެރުވި އެއްޗިހިތަކެއްގެ ދަށުވެގެން ކަމަށެވެ. މި ހާދިސާގައި އޭނާގެ މެޔަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ބިދޭސީ މަރުވެފައިވާ ކަމުގައި ފުލުހުން ބުނެފައި ވެއެވެ.



ފުލުހުންގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވެފައިވަނީ، އިންޑިއާއަށް ނިސްބަތްވާ 30 އަހަރުގެ މީހެއް ކަމުގައެވެ. އެ މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ 10:38 ކަން ހާއިރު އެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އޭރުވެސް ބުނެފައި ވެއެވެ.

The post ޑްރެޖަރުގައި މަރުވި ބިދޭސީ މީހާ މަރުވީ ކެރޭނަކުން އުފުލި އެއްޗިހިތަކެއް ދަށުވެ first appeared on Khabaru Online.



More from Khabaru Online