ފްލޯޓިން ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއެއްގައި ސޮއިކޮށްފި

Wed, 24 Apr 2024 09:40 PM

View on this article on Khabaru Online

ފްލޯޓިން ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއެއްގައި ސޮއިކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުން ކޮށްގެން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއެއް ހިންގަން މިއަދު ސޮއިކޮށްފިއެވެ.



އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ބިޔަ މަޝްރޫއު ހިންގުމަށް އެސްއީޒެޑު ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްސްއިން ހުއްދަ ދޫކުރީ ކެނެޑާގެ އެބްރަޒަސް ޕަވާ ކޯޕް އަށެވެ.

މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް 150މެގަވޮޓުގެ ފްލޯޓިިން ފޮޓޯ ވޮލްޓައިކް (ޕީވީ) ނިޒާމާއި އެއިން ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރުން ހިމެނެއެވެ. އަދި ބެޓަރީ ސިސްޓަމަކާ އެކީ މި ނިޒާމުގެ މައި ގްރިޑާ ގުޅާލުން މަޝްރޫއުގެ ތެރެއިން ހިމެނެއެވެ.

މި ހުއްދައިގެ ދަށުން ކުރެވޭނެ މަސައްކަތްތަކަކީ އެސްއީޒެޑު ގާނޫނުގައި ބުނާ ގޮތުގެ މަތިން އިތުރު ދިރާސާ އާއި އެސެސެމަންޓުތައް ހަދާ އެއަށްފަހު ދެ ފަރާތުން މަޝްވަރާކޮށްގެން އެންމެ ފަހުގެ ހުށަހެޅުމާ ހަމައަށް ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން މި ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލުވާން އެހީތެރިވެދޭނެ މުހިންމު މަޝްރޫއެއް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އަބްރަކްޒަސް ޕަވާ ކޯޕް އަކީ އަކީ އިއާދަކުރަނިވި ހަކަތައިގެ ސިނާއަތުގައި ކުރިއަރަމުން އަންނަ ކުންފުންޏަކަށްވާއިރު މި ހުސްވި އަހަރުވެސް އެ ކުންފުނިން ވަނީ އިއާދަކުރަނިވި ހަކަތައިގެ ކާމިޔާބު މަޝްރޫއުތަކެއް ކެނެޑާގައި ހިންގާފައެވެ. މިއި މިފަދަ މަޝްރޫއަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ހުއްދަ ދޫކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

The post ފްލޯޓިން ސޯލާ ޕެނަލްތައް ބޭނުން ކޮށްގެން ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއެއްގައި ސޮއިކޮށްފި first appeared on Khabaru Online.



More from Khabaru Online