އިންޑިއާގައި ހަދަމުންދިޔަ ބުރިޖެއް ވެއްޓިއްޖެ

Mon, 05 Jun 2023 09:28 AM

View on this article on Khabaru Online

އިންޑިއާގައި ހަދަމުންދިޔަ ބުރިޖެއް ވެއްޓިއްޖެ

އިންޑިއާގެ ބިހާރު ސްޓޭޓްގެ ބަގަލްޕޫރު ޑިސްޓްރިކްޓުގައި، މަޝްހޫރު ގަންގާ ކޯރު ހުރަސްކޮށް ހަދަމުންދިޔަ ދިގު ބުރިޖެއް މިފަހްތާގެ އާދީއްތަ ދުވަހު ވެއްޓިއްޖެއެވެ. މި ބުރިޖަކީ 200 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން އަޅަމުންދާ ބުރިޖެކެވެ.



ބަގަލްޕޫރުގެ ސުލްތާންގަންޖުން ޚަގަރި ޑިސްޓްރިކްޓުގެ އަގުވާނީއާ ގުޅުވައިދޭ، 4 ލޭން ހުންނަ ގޮތަށް ފަރުމާ ކޮށްފައިވާ މި ބުރިޖު ވެއްޓުނު މިއީ ދެވަނަ ފަހަރެވެ. އާދީއްތަ ދުވަހު ބުރިޖު ވެއްޓުމާއި ގުޅިގެން ބިހާރު ސްޓޭޓުގެ ސަރަހައްދީ ސަރުކާރުންވަނީ ޚާއްސަ ތަހުގީގެއްވެސް ފަށާފައެވެ.

މި ބުރިޖުގެ ސްޓްރަކްޗަރ ފާއިތުވެދިޔަ އަހަރުވެސް ވެއްޓިފައި ވެއެވެ. އެފަހަރު ވެއްޓިފައިވަނީ ވައިގަދަވެ ބޯކޮށް ވާރޭވެހުމާއި ގުޅިގެންނެވެ.

2014 ވަނަ އަހަރު ހަދަން ފެށި މި ބުރިޖުގެ ނިންމުމަށް މިހާތަނަށް އައިއިރު 8 ތާރީޚެއް ދީފައި ވެއެވެ.

ބުރިޖް ވެއްޓުނު މަންޒަރު ދުށް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، ބުރިޖް ވެއްޓެމުން ދިޔައިރު ބުރިޖުމަތީގައި ބައެއް މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމަށް އެއްވެސް މީޑިއާއަކުން އަދި ރިޕޯޓު ކޮށްފައެއް ނުވެއެވެ.

މި ބުރިޖް ނިންމުމަށް އެންމެ ފުރަތަމަ ތާވަލު ކުރެވުނީ 2019 ވަނަ އަހަރުގެ މާރޗްމަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އެ ތާރީޚަށް ބުރިޖްގެ %25 މަސައްކަތްވެސް ނުނިމުމާއި ގުޅިގެން ދެން ތާވަލު ކުރެވުނީ 2020 ވަނަ އަހަރުގެ މާރޗްމަހަށް މަސައްކަތް ނިންމުމަށެވެ. އެތާރީޚަށްވެސް މަސައްކަތް ނިންމާ ނުލެވިގެން 2022 ވަނަ އަހަަރަށްވެސް މަސައްކަތް ނިންމުމަށް ތާވަލު ކުރެވުނެވެ.

އަގުވާނީ ގާޓް ބުރިޖްގެ ނަމުން ނަންދީފައިވާ މި ބުރިޖްގެ ބިންގާ އަޅުއްވާ ދެއްވީ 2014 ވަނަ އަަހަރުގެ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު ބިހާރު ސްޓޭޓްގެ ސްޓޭޓް މިނިސްޓަރ ނިޓިޝް ކުމާރުއެވެ. އަދި ބުރިޖްގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ގޮތުން ޚާއްސަ ހަފްލާއެއްގައި އަމަލީ މަސައްކަތްވެސް، 2015 ވަނަ އަހަރުގެ މާރޗްމަހުގެ 9 ވަނަ ދުވަހު ފައްޓަވާ ދެއްވީވެސް އޭނާއެވެ. މިބުރިޖުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2016 ވަނަ އަހަރުއެވެ.



More from Khabaru Online