ރައީސް ވައްކަމެއް ނުކުރައްވާނެ، ރައްޔިތުންނަށް ޚިޔާނާތެއް ނުވާނެ: ނިޒާރު

Sun, 04 Jun 2023 09:57 PM

View on this article on Khabaru Online

ރައީސް ވައްކަމެއް ނުކުރައްވާނެ، ރައްޔިތުންނަށް ޚިޔާނާތެއް ނުވާނެ: ނިޒާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންނަށް ޚިޔާނާތްތެރިވެ، ވައްކަން ކުރައްވާނެ ބޭފުޅެއް ނޫންކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.



އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިސަރުކާރުން ގެނެސްދޭ ތަރައްޤީ އާއި ގުޅިގެން ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނިޒާރު ވިދާޅުވީ ރައީސް ޞާލިހާއި ގުޅޭގޮތުން މިއަދު ބައެއް ސިޔާސީ ފަރާތްތަކާއި، އެބޭފުޅުންނާއި ގުޅުންހުރި މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައިވެސް ދައްކަން ޖެހޭ ވާހަކަތަކާއި ނުދައްކަންޖެހޭ ވާހަކަތައް ހުންނާނެކަމަށެވެ. ގޭގޭގެ ސިޓީން ރޫމްގައި ތިއްބަވާ މީހުންނަށް ބަލަން ނުކެރޭ ފަދަ ލަވަތަކާއި ވާހަކަތައް ދައްކާކަމަށެވެ. ނަމަވެސް ޚިޔާލް ތަފާތުވުމުގެ ތެރެއިން ޤައުމު ބައިބައި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރައީސް ނިޒާރު ވިދާޅުވިއެވެ.

ވައްކަމެއް ނުކުރައްވާނެ، އަޅުގަނޑުމެންގެ ރައީސް. ވައްކަމުގެ ވާހަކަ ބައެއް ޗެނަލްތަކުން ނާޖައިޒް ފައިދާ ނަގައިގެން އެހެރަ ދައްކާ ލަވަތާއި، ކިޔާ އެއްޗެއް އަޑު އަހާލަން ނުކުރެވޭ. ރާއްޖޭގެ ރައްޔިތުންނަށް ޚިޔާނާތްތެރިއެއް ނުވާނެ. ރައީސާއި ގާތް އެއްވެސް މީހަކު އެކަން ގަބޫލެއް ނުކުރާނެ.

– ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އިސްކަން ދޭންވީ ސުލްހަ މަސްލަހަތާއިއެކު އިތުރު ފަސް އަހަރަށް ރައީސް ޞާލިހު ދިނުމަށް ކަމަށެވެ. އަދި އައްޑޫ ސިޓީއަށް މިވީ ދިގު ތާރީހުގައި ނާންނަ ވަރުގެ ތަރައްޤީއާއި ކުރިއެރުން ގެނެސްދެއްވި ކަަމަށްޓަކައި ރައީސް ޞާލިހަށް އައްޑޫ ސިޓީން ބޮޑު އައުލަބިއްޔަތެއް ދިނުމަށް ނިޒާމު ވަނީ އެދިފައެވެ.

ނިޒާރުވަނީ އައްޑޫ ސިޓީގެ ރައްޔިތުން މަސައްކަތް ކޮށްފިނަމަ އައްޑޫއިން ރައީސަށް 80 ޕަސެންޓް ހޯދައި ދިނުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ނިޒާރު ވިދާޅުވިއެވެ.



More from Khabaru Online