އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުވެއްޖެ

Wed, 16 Oct 2024 12:48 AM

View on this article on Huvadhoo News

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުވެއްޖެ

ޔަހޫދީ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.



ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ލުބުނާނުގެ އިރުމަތީގައި އޮންނަ ބެކާ ވާދީގެ ރިޔާކް އަވަށަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ދިން ބޮމުގެ ހަމަލާގައި ތިން ކުޑަކުދިންނާއެކު ފަސް މީހުން މަރުވެފައިވާ ކަމަށެވެ.

އަދި މި ހަމަލާތަކުގައި 16 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފާއިތުވި ތިން ގަޑިއިރުގެ ތެރޭގައި ދެކުނު ލުބުނާންގެ އެކި ސަރަހައްދުތަކަށާއި, އިރުމަތީ ލުބުނާންގެ ބެކާ ވާދީއަށް 12 އަށްވުރެ ގިނަ ހަަމަލާ އިސްރާއީލުން ވަނީ ދީފައެވެ.

އަދި ދެކުނު ލުބުނާންގެ ބޮޑު ސިޓީއެއް ކަމަށްވާ ނަބަތީހް އަށްވެސް ޔަހޫދީން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްބިއުލާންސް ތަކަށް ހަމަލާދެމުންގެންދާނެ ކަމަށާއި, އެމްބިއުލާންސްތައް ހިޒްބުالله އިން ބޭނުން ކުރަމުންދާ ކަމަށެވެ.



More from Huvadhoo News