ވޭޕް މަނާ ކުރެވެންދެންވެސް ބޭނުންވަނީ ޓެކްސް ބޮޑުކޮށް ސަރުކާރަށް ނަފާ ހޯދަން: އިބްރާހިމް

Tue, 22 Oct 2024 08:57 PM

View on this article on Hurihaa.mv

ވޭޕް މަނާ ކުރެވެންދެންވެސް ބޭނުންވަނީ ޓެކްސް ބޮޑުކޮށް ސަރުކާރަށް ނަފާ ހޯދަން: އިބްރާހިމް

ވޭޕް މަނާ ކުރުމުގެ ކުރިން ޓެކްސް ބޮޑުކުރަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ކަމަށް ވެރިކަން ކުރާ ޕީއެންސީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރުން އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.



މަޖިލީހުގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ވިދާޅުވީ، ނޮވެމްބަރު 15، ގައި ވޭޕް އެތެރެ ކުރުން މަނާ ކުރަން ނިންމި ނަމަވެސް އެ ދުވަހާ ޖެހެންދެން އެތެރެ ކުރާ ވޭޕު ޑިވައިސްތަކުން ޓެކްސް ބޮޑު ކުރަނީ ސަރުކާރަށް ނަފާވާނެ ގޮތެއް ހޯދަން ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ސިނގިރޭޓާއި ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރަން ހުށަޅާފައިވާ ބިލު ހުށަހަޅުއްވަމުންނެވެ.

ރައީސް މުހައްމަދު މުއިއްޒު ވަނީ 15 ނޮވެމްބަރުން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކުރުމަށް ނިންމަވާފަ އެވެ. އަދި 15 ޑިސެމްބަރުން ފެށިގެން ވޭޕް ބޭނުން ކުރުންވެސް މަނާ ވާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމާއި ގުޅިގެން ގާނޫނަށް ގެންނަ އިސްލާހުތަކާއެކު ވަނީ މަނާކުރަން ނިންމި ވޭޕާއި ސިނގިރޭޓުން ނަގާ ޓެކްސް 1 ނޮވެމްބަރުން ފެށިގެން ބޮޑު ކުރަންވެސް ނިންމާފަ އެވެ.

އިބްރާހިމް މުހައްމަދު މިހެން ވިދާޅުވުމުން، ދުންފަތުން ޓެކްސް ނަގަނީ ދައުލަތައް އާއްމުދަނީ ހޯދަން ނޫންކަމަށް ވިދާޅުވެ އެކަން ފޫބައްދަވަން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މަސައްކަތް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިއުޅެނީ އަޅުގަނޑުމެންގެ އެތައް ބަޔަކަށް ލިބެމުންދާ ގެއްލުމުން ސަލާމަތް ކުރަންކަމަށެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވެސް ވަނީ ސިނގިރޭޓާއި ދުންފަތުން ޓެކްސް ބޮޑު ކުރުމުން، ދުންފަތުގެ އިސްތިއުމާލު ކުރާ ދަށް ފަންތީގެ އާބާދީއަށް ނިސްބަތްވާ މީހުން މަދުވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ ބޮޑު އާބާދީއަކީ ދަށް ފަންތީގެ އާބާދީ ކަމަށެވެ.

މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް --- ފޮޓޯ: މަޖިލިސް

ދައުލަތަށް މަންފާ ހޯދުމަށް ރައްޔިތުންގެ އަތުން ޓެކްސް ނަގާކަމަށް ވިދާޅުވުމުން އެމްޑީޕީން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ. މީގެ އިތުރުން ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުމުން ދުންފަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވާނެތޯ ވެސް ބައެއް މެންބަރުން ވަނީ ސުވާލު އުފައްދާފަ އެވެ.




More from Hurihaa.mv