ހެމާ މާލިނީގެ 76 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

Fri, 18 Oct 2024 05:21 AM

View on this article on Hurihaa.mv

ހެމާ މާލިނީގެ 76 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

ބޮލީވުޑްގެ މަޝްހޫރު ވެޓެރަން ތަރިއެއް ކަމަށްވާ ހެމާ މާލިނީގެ 76 ވަނަ އުފަން ދުވަސް އޭނާގެ އާއިލާއާއެކު މުމްބާއީގައި ފާހަގަ ކޮށްފި އެވެ.



ހެމާގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަފްލާގެ ފޮޓޯތައް މިހާރު ދައުރުވަމުން އަންނައިރު އެ ފޮޓޯތަކުން ފެންނަނީ ހެމާގެ އިތުރުން އޭނާގެ ދެ ދަރިން ކަމަށްވާ އަހާނާ ޑިއޯލްއާއި އިޝާ ޑިއޯލް އެވެ.

އެ ފޮޓޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އުމުރުން 76 އަހަރުގައި ވެސް ހެމާގެ ބުރުސޫރަ ރީތިކަން ފާހަގަ ކުރަމުންނެވެ.

ހެމާއަކީ 1970 އާއި 1980ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑުން ވިދާލި ފަންނާނެކެވެ. އޭނާގެ މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި "ސީތާ އޯރް ގީތާ"، "ޑްރީމް ގާލް" އަދި "ޝޯލޭ" ހިމެނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ދަރްމެންދްރާއާ ކައިވެނިކޮށްގެން އުޅޭ ހެމާ އުފަންވެފައިވަނީ 1948 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

އެގޮތުން ހެމާއަކީ ބާރަތުޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ޓިކެޓުގައި މަޖިލީހަށް ވާދަކޮށް އުއްތަރަ ޕްރަދޭޝްގެ މަތުރާ އަވަށުގެ ގޮނޑި ކާމިޔާބުކުރި އެ ދާއިރާގެ މިހާރުގެ މަޖިލިސް މެމްބަރެވެ.




More from Hurihaa.mv