އިންޒާރުތަކާއެކު ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

Fri, 18 Oct 2024 05:19 AM

View on this article on Hurihaa.mv

އިންޒާރުތަކާއެކު ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި

ބާބާ ސިއްދީގީގެ މަރާއެކު ބޮލީވުޑްގެ ތަރި ސަލްމާން ޚާންއާ ގުޅުވައިގެން ދެމުން އަންނަ އިންޒާރުތަކާއެކު އޭނާގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފި އެވެ.



ސަލްމާންގެ ގާތް ރަހުމަތްތެރިއެއް އަދި މަދަދުގާރެއް ކަމަށްވާ ބާބާ ސިއްދީގީ މަރާލާފައިވަނީ މިހަފްތާގެ ކުރީކޮޅު އޭނާ ދިރިއުޅެމުން އަންނަ ގޭގެ ކައިރިން ދިން ބަޑީގެ ހަމަލާއެއްގަ އެވެ.

ޒަމާނުއްސުރެ ސަލްމާންއާ ދުޝްމަން ވެފައި އޮންނަ ލޮރެންސް ބިޝްނޯއީ ގޭންގުން އެ ހަމަލާގެ ޒިންމާ ނަގަމުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަލްމާންއަށް އެހީވާ ކޮންމެ މީހަކަށްވެސް ހަމަލާ ދޭނެ ކަމަށެވެ.

ސަލްމާންގެ ކޮއްކޮ އަރްބާޒް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ސަލްމާންގެ ރައްކާތެރިކަން ކަށަވަރު ކުރަން އެ އާއިލާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސަލްމާނަށް ލިބިފައިވާ މި އިންޒާރުތަކާއެކު ވެސް ސަލްމާންގެ ކުރިއަށް އޮތް ފިލްމް "ސިކަންދަރު"ގެ ޝޫޓިން ކުރިއަށް ދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ލޮރެންސް ގޭންގުން ސަލްމާންއާ ދެކޮޅުވެރި ވެފައިވަނީ 1990ގެ އަހަރުތަކުގެ ތެރޭގައި ހިނގާދިޔަ ބްލެކްބަކް މަރާލުމުގެ މައްސަލާގަ އެވެ.

ސަލްމާންގެ ފިލްމެއްގެ ޝޫޓިންގެ ތެރެއިން ބްލެކް ބަކް މަރާލާފައިވާއިރު އެއީ ލޮރެންސް ގޭންގު ހިމެނޭ މުޖުތަމައުގައި "މާތް" ޖަނަވާރެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ.




More from Hurihaa.mv