އަމިއްލަ މައިންބަފައިން މަރާލި ދެބެއިންނަށް ނެޓްފްލިކްސް ފިލްމެއް!

Sat, 21 Sep 2024 07:31 AM

View on this article on Hurihaa.mv

އަމިއްލަ މައިންބަފައިން މަރާލި ދެބެއިންނަށް ނެޓްފްލިކްސް ފިލްމެއް!

އަނިޔާވެރި ގޮތަކަށް އަމިއްލަ މައިންބަފައިން މަރާލި އެމެރިކާގެ ދެބެއިން ކަމަށްވާ ލައިލް މެނެންޑޭޒްއާއި އެރިކް މެނެންޑޭޒްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލްމެއް ނެޓްފްލިކްސްއިން ނެރެފި އެވެ.



"މޮންސްޓާސް: ދަ ލައިލް އެންޑް އެރިކް މެނެންޑޭޒް ސްޓޯރީ" މިހާރު ނެޓްފްލިކްސްގައި ދައްކަމުން އަންނައިރު މި މައްސަލައަށް އަނެއްކާވެސް މިވަނީ އާއްމުންގެ ސަމާލުކަން ހުއްޓިފަ އެވެ.

1989 ވަނަ އަހަރު ލައިލްގެ އުމުރުން 21 އަހަރުގައި އަދި އެރިކްގެ އުމުރުން 18 އަހަރުގައި އެ ދެބެއިން އެމީހުންގެ މައިންބަފައިން މަރާލީ އެއާއިލާ ދިރިއުޅެމުން ދިޔަ ގޭގަ އެވެ.

އެ ދެމީހުންގެ އެ އަނިޔާވެރި އަމަލު ފަޅާއެރީ އެރިކް އޭނާގެ ސައިކޮލޮޖިސްޓަށް އެ ހާދިސާ ހިނގި ގޮތް ކިޔައިދިނުމުންނެވެ. އެއާއެކު ޖެހިގެން އައި އަހަރު އެމީހުން ހައްޔަރު ކުރެވުނެވެ.

ހަ އަހަރު ދުވަހަށް ދެމިގެންދިޔަ ކޯޓު އަޑުއެހުންތަކުގައި ދެބެއިންގެ ޅަފަތުގައި މައިންބަަފައިންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ތަކުރާރުކޮށް ބުނެފައިވެ އެވެ. އެ މައްސަލަ ނިމިގެންދިޔައީ އެ ދެމީހުންނަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމާއެކުގަ އެވެ.

އޭގެ ފަހުން މިވީ 28 އަހަރު ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން އެ މައްސަލަ އިސްތިއުނާފު ކުރެވިފައިވީ ނަމަވެސް ކޯޓުގެ ނިންމުން ބަދަލުވެފައެއް ނުވެ އެވެ.

"މޮންސްޓާސް: ދަ ލައިލް އެންޑް އެރިކް މެނެންޑޭޒް ސްޓޯރީ" ނެޓްފްލިކްސްގައި ގިނަ ބަޔަކު ބަލަމުން އަންނައިރު އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.




More from Hurihaa.mv