އޮފީހަކުން ދެ މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

Thu, 25 Apr 2024 06:03 PM

View on this article on Hurihaa.mv

އޮފީހަކުން ދެ މިލިއަން ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

ޕްރައިވެޓް އޮފީހަކުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި އެވެ.



ހުއްދަ ނޫން ތަނަކަށް ވަދެ، އެ ތަނަށް ގެއްލުންދީ، ވައްކަން ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ މއ. އުދުހޭކޮކާ، އަހުމަދު ނާޝިދު 38، އެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ބަންދު އަމުރުގައި ބުނެފައި ވަނީ ނާޝިދުގެ މައްޗަށް ވައްކަން ކުރުމާއި ވައްކަން ކުރުމުގައި ބައިވެރިވުމާއި އެކަމުގައި ބައިވެރިވި މީހަކު ފިލުވުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މިކަމުގައި އިތުރު ބަޔަކު ވާ ކަމަށް ވެސް ބަންދު އަމުރުގައިވެ އެވެ.

މީގެ އިތުރުން ވައްކަން ކުރި ދުވަހު، މިކަމުގައި ބައިވެރިވި މީހުން ބޭނުންކުރި ސައިކަލު ކުއްޔަށް ނެގުމަށް ނާޝިދުގެ ބައިވެރިވުން އޮތްކަން އެނގޭނެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށްވެސް އަމުރުގައިވެ އެވެ.




More from Hurihaa.mv