ޝާހްރުކް ޚާން އަނބުރާ މަސައްކަތަށް، ޖޫން މަހު މަސައްކަތް ފަށަނީ!

Sun, 05 May 2024 06:09 AM

View on this article on Hurihaa.mv

ޝާހްރުކް ޚާން އަނބުރާ މަސައްކަތަށް، ޖޫން މަހު މަސައްކަތް ފަށަނީ!

ކުޑަ މެދުކެނޑުމަކަށްފަހު މިއަންނަ މަހު އޭނާގެ ކުރިއަށް އޮތް ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބުނެފި އެވެ.



ހުކުރު ދުވަހު އޮތް އިންޑިއަން ޕްރިމިއާ ލީގުގެ މެޗެއްގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝާހްރުކް ބުނީ ޖެހިޖެހިގެން ނެރުނު ތިން ފިލްމަށްފަހު އޭނާ "ބްރޭކެއް" ބޭނުންވި ކަމަށެވެ.

ޝާހްރުކް އިތުރަށް ބުނީ 2023 ވަނަ އަހަރު ރިލީޒް ކުރެވުނު އޭނާގެ ތިން ފިލްމު ކަމަށްވާ ޕަތާން، ޖަވާން އަދި ޑަންކީއަކީ ވެސް ޖިސްމާނީ ގޮތުން ބޮޑު ތައްޔާރީތަކެއް ވާންޖެހުނު ފިލްމުތަކެއް ކަމަށާއި އެކަމުން އަރައިގަންނަށް ވަގުތު ނެގި ކަމަށެވެ.

އެހެން ކަމުން ބޮލީވުޑްގެ މަސައްކަތްތަކުން ކުޑަކޮށް އެކަހެރިވެ އޭނާގެ ކްރިކެޓް ޓީމް ކަމަށްވާ ކަލްކަތާ ނައިޓް ރައިޑާސްގެ ކަންކަމަށް މި ދުވަސްވަރު ވަގުތު ހުސްކުރާ ކަމަށް ޝާހްރުކް ބުންޏެވެ.

ޖޫން މަހު މަސައްކަތް ފަށާކަން ޝާހްރުކް ޚާން ހާމަކުރި ނަމަވެސް އޭނާގެ ކުރިއަށް އޮތް ފިލްމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.




More from Hurihaa.mv