ޗިކުންގުންޔާ ފެތުުރޭތީ ސަމާލުވާން އެޗްޕީއޭ އިން އެދިއްޖެ

Wed, 24 Apr 2024 07:54 PM

View on this article on Hurihaa.mv

ޗިކުންގުންޔާ ފެތުުރޭތީ ސަމާލުވާން އެޗްޕީއޭ އިން އެދިއްޖެ

ޗިކުންގުންޔާ ފެތުރޭ މިންވަރު މި މަހު ވަރަށް ބޮޑު ތަން އިތުރުވަމުން އަންނާތީ އެކަމަށް ސަމާލު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.



އެޗްޕީއޭ އިން ބުނީ މި މަހުގެ މިހާތަނަށް އައިއިރު، ޗިކުންގުންޔާގެ 46 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ގަދަ އަށް ހުން އައުމާއި ބޮލުގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސުމާއި ގައިން ބިހި ނެގުމާއި ވަރުބަލިވުން އިތުރުވުމާއި މޭނުބައި ކުރުމާއި ހޮޑުލެވުން ހިމެނެ އެވެ.

މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އިރުޝާދު ހޯދަން އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ރެޕެލެންޓް ބޭނުން ކުރުން ހިމެނެ އެވެ.

އަދި ދުވާލު ވަގުތު ގެ އާއި ބޭރުގައި އުޅޭއިރު، ހަމުގެ ހާމަކޮށް ހުންނަ ހިސާބުތަކުގައި ރިޕެލެންޓް އުނގުޅުން ހިމެނެ އެވެ. ފަތިސް ގަޑި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑި ތަކުގައި ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

އެޗްޕީއޭ އިން ވަނީ މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިރުޝާދު ދީފަ އެވެ.




More from Hurihaa.mv